Mon, 1 June, 2020, 7:00 pm
މާ ހަފަން “ދަ ޑެކް“ އަށް ދަމާ؟
30

މިދުވަސްވަރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ މާ ހަފާ ވާހަކައެވެ. ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮންނަ މި ސަގާފަތާއެކު އޮފީސްތަކުގައި މި ސަކަރާތް މިހާރުވެސް ދަނީ ޖަހަމުންނެވެ.

ހާއްސަކޮށް ރޯދަ މަސް ފެށެން ތިން ދުވަހެއް ވެފައިވާއިރު، މާހެފުމުގެ ފޯރި މިދަނީ ގަދަވަމުންނެވެ. ބައެއް ރެސްޓޯރެންޓުތަކުންނާއި ކެފޭ ތަކުން ވެސް ދިވެހިންގެ ސަގާފީ ކެއުންތަކުން ވަރުވަރުގެ މާހެފުން މެނޫތައް ވަނީ ނެރެފައެވެ.

ދެން އުފެދޭ ސުވާލަކީ އޮފީސް އެއްކޮށް ނުވަތަ އާއިލާއާއެކު ހިތްގައިމު މާހައުލެއްގައި މާހަފާ ލެވޭނީ ކޮންތަނަކުންތޯއެވެ. އެކަމަށް ދަ ޑެކް ފުރިހަމަވާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ކާނިވާ ސަރަހައްދުގައި ހުރި އެންމެ ފުރިހަމަ އަދި ކޮންމެ ބަޔަކާ ވެސް ގުޅޭގޮތަށް ތައްޔާރުކޮށްފައި ހުރި އެއްތަނަކީ މިއަދު އެއީއެވެ. ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވި ދަ ޑެކްގައި މިހާރު އޮފީސްތަކާއި އާއިލާ އެއްކޮށް ކެއުމަށް އިންސާފު ކޮށްލެވޭނެއެވެ. އެގޮތުން އޭސީ ބަޔަކާއެކު ޖާގަ އިތުރުކޮށް ހިދުމަތުގެ ފެންވަރު އިތުރަށް ވަނީ ރަނގަޅު ކޮށްފައެވެ.

ދެން އޮތީ ކާން ލިބޭނީ ކޮން އެއްޗިއްސެއްތޯއެވެ. މާހެފުމަށް ދަ ޑެކްގައި ވަނީ ދެ ޕެކޭޖެއް ނެރެފައެވެ. ލިބެން ހުރި އެއްޗިއްސާ އަޅާބަލާއިރު އަގުބޮޑެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.

އެގޮތުން ބޮލަކަށް 95 ރުފިޔާއަށް ލިބޭ ފުރަތަމަ ޕެކޭޖުގައި ހަނޑުލު ބޮޑިބަތާއި ހަނާކުރި މަހުގެ އިތުރުން ކުޅި ފާރޮއްޓާއި ފޮނި ފާރޮށި ލިބޭނެއެވެ. އޭގެ އިތުރުން އާދައިގެ މަތިން ހަފާ ކަދުރާއި ކާއްޓާއި ވަޅޯމަހުގެ ހިމަނާފައިވާއިރު ޖޫހާއި ދުފުން އަދި ސައި ނުވަތަ ކޮފީ އެ ޕެކޭޖްގައި ހިމެނެއެވެ.

ދެވަނަ ޕެކޭޖްގައި މި ދެންނެވި އެއްޗެހީގެ އިތުރުން އަވެއްޔާއި ރޮއްޓާއ މާފުށް އަދި ފިހުނު މަސް ހިމެނެއެވެ. އެ ޕެކޭޖްގެ އަގަކީ ސާވިސް ޗާޖާއި ޖީއެސްޓީ ހިމަނައިގެން އެންމެ 105 ރުފިޔާއެވެ.

މި ދެ ޕެކޭޖް ވެސް ނެގޭނީ މަދުވެގެން 10 މީހުންގެ ގުރޫޕަކަށެވެ. ނަމަވެސް 100 މީހުންއިން ފެށިގެން 200 މީހުންނަށް އެއް ފަހަރާ އެތަނުގައި ކޭޓާ ކޮށްލެވޭނެއެވެ.

އެހެންވީމަ، މަޑު ކުރާނެ ކަމެއް ނެތެއް ނޫންތޯއެވެ. ރޯދަ މަސް ބޯމަތިވެފައިވާއިރު މަލެއް ހަފާލަން ދާން ވިސްނާށެވެ. އެންމެން ޓެގްކޮށް ގުރޫޕް ބޮޑުކޮށް، މާ ހަފަން ދަ ޑެކަށް ދަމާތޯއެވެ. ނޫނީ އަވަހަށް 9745665 އަކަށް ގުޅާ ދަ ޑެކުން ރިޒަވޭޝަން ހައްދާލާށެވެ.

Leave a comment

Your email address will not be published.