މުޙައްމަދު އީމާން
03 May 2019
މަޤްބޫލު ޙަބަރު

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އެންމެ ފަހުން ބޮޑުކުރީ މިދިޔަ މާޗް މަހުގެ 15 ގައެވެ.

އެގޮތުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 70 ލާރި ބޮޑުކޮށްފައިވާއިރު، ޕެޓްރޯލް ލީޑަރެއް ދެން ލިބޭނީ 11.49 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޑަރެއް ވިއްކަމުން އައީ 10.79 ރުފިޔާއަށެވެ.

ޑީސަލް ލީޓަރަކުން މިއަދުން ފެށިގެން ބޮޑުކުރަން ނިންމާފައިވަނީ 50 ލާރިއެވެ. އެ ބަދަލާއެކު މިއަދުން ފެށިގެން ޑީސަލް ލީޑަރެއް ވިއްކާނީ 12.11 ރުފިޔާއަށެވެ. ކުރިން ޑީސަލް ލީޑަރެއް ވިއްކަމުން އައީ 11.61 ރުފިޔާއަށެވެ.

އެސްޓީއޯއިން މިއަދު ބުނީ، އޯޕެކުން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމާއި އިރާނުން އުފައްދާ ތެޔޮ ގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މިދިޔަ މާޗް މަހުން ފެށިގެން ތެލުގެ އަގު ބޮޑުވަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުބޮޑުކުރަން ނިންމީ، ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©