Mon, 1 June, 2020, 6:38 pm
މޯލްޑިވް ގޭހަށް ފުރަތަމަ ކުއާޓަރުގައި ރެކޯޑް ފައިދާއެއް!
43

މޯލްޑިވް ގޭހަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ލިބުނު ފައިދާ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ގުނައަށްވުރެ ވެސް މަތިވެއްޖެއެވެ.

މޯލްޑިވް ގޭހުން މިއަދު އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ އަށް މިލިއަން ރުފިޔާއެވެ.

ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 17 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއީ 112.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވް ގޭސް އަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ މިދިޔަ ޖަނަވަރީ މަހުއެވެ. އެ މަހު ފައިދާގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބުނުއިރު، ފެބްރުއަރީ މަހު ފައިދާގެ ގޮތުގައި ލިބިފައިވަނީ 3.9 މިލިއަން ރުފިޔާއެވެ.

އަދި މިދިޔަ މާޗް މަހުގެ 5.7 މިލިިއަން ރުފިޔާ ވަނީ ފައިދާގެ ގޮތުގައި ލިބިފައެވެ.

Leave a comment

Your email address will not be published.