Wed, 3 June, 2020, 6:09 pm
ތަޒްކީ ރޫފްޓޮޕް އިން ރޯދަ ވީއްލައިގެން ރިސޯޓް ދަތުރެއް!
36

ރަމަޟާން މަހާއެކު ރެސްޓޯރެންޓްތަކުގެ ރޯދަ ވީއްލުންތައް ވެސް މިވަނީ ފައްކާވެފައެވެ. ތަފާތު ވައްތަރުގެ ކެއުންތައް ހިމަނައިގެން ރެސްޓޯރެންޓްތަކުން މެނޫތައް ނެރެމުންދާއިރު ރޯދަ ވީއްލުމުގެ ފޯރިގަދަކުރަން ހާއްސަ ޕްރޮމޯޝަންތަކެއް ވެސް އެކި ތަންތަނުންދަނީ ހިންގަމުންނެވެ.

އެގޮތުން މާލޭގައި މިވަގުތު ހުރި އެންމެ ހިތްގައިމު އެއް ރެސްޓޯރެންޓް، ތަޒްކީ ރޫފްޓޮޕުގެ މިއަހަރުގެ ރޯދަ ޕްރޮމޯޝަން ތަފާތެވެ. އެހެން ރެސްޓޯރެންޓްތަކާ ހިލާފަށް އެ ރެސްޓޯރެންޓުން ރޯދަ ވީއްލާ ފަރާތްތަކަށް ދޫކޮށްލަނީ ރިސޯޓް ދަތުރެކެވެ.

ތަނުގެ ހިތްގައިމު ކަމުގެ އިތުރުން ތަނުގެ ކާއެއްޗެހީގެ މީރުކަން ގިނަ ބަޔަކު ދައްކާ ތަޒްކީ ރޫފްޓޮޕް އިން ކޮންމެ ދުވަހަކަށް ވެސް ހާއްސަ މެނޫއެއް ވަނީ ހިމަނައިފައެވެ.

މީހަކަށް 199++ ރ. އަށް ލިބޭ އެ ރޯދަ ވީއްލުމުގެ މެނޫގައި ތަފާތު ގިނަ ކެއުންތައް ހިމަނާފައިވާއިރު ހުކުރު ދުވަހަށް ހާއްސަ މެނޫއެއް ހިމެނެއެވެ.

ތަޒްކީން ބުނީ، އެ ރެސްޓޯރެންޓުން ރޯދަ ވިއްލާ ކޮންމެ ބޭފުޅަކަށް އެތަނުން ހިންގާ ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަނެއް ލިބިލައްވާނެ ކަމަށެވެ. އަދި ރަމަޟާން މަސް ނިމުމުން އެ ޕްރޮމޯޝަންގެ ޤުރުއަތު ނަގައި ނަސީބުވެރި އެއް ބޭފުޅަކަށް ރިސޯޓް ދަތުރެއް ލިބޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ.

އަދާރަން ކުލަބް ރައްނާޅިން ދޭން ނިންމާފައިވާ އެ ރިސޯޓް ދަތުރުގައި ނަސީބުވެރިޔާއާއެކު އިތުރު އެއް ބޭފުޅަކަށް ދެވޭއިރު، ދޭން ނިންމާފައިވަނީ ވަން ނައިޓް ފުލްބޯޑް ދަތުރެކެވެ.

މިއީ ރަމަޟާން މަހުގެ ދުވަސްތަކަށްފަހު އީދު ފާހަގަކޮށްލަން ކޮންމެ ބޭފުޅަކަށް ވެސް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން ލަސް ނުކުރައްވާ އަވަހަށް ތަޒްކީ ރޫފްޓޮޕްގެ ރޯދަ ވީއްލުމަށް ރިޒަވޭޝަން ހައްދަވާށެވެ.

ރިޒަވޭޝަން ހެއްދެވުމަށް 7789435 އަށް ގުޅޭނެއެވެ. ވައިބާއިން ނަމަ 7774222 އަށް ގުޅުއްވާށެވެ.

Leave a comment

Your email address will not be published.