މުޙައްމަދު އީމާން
15 May 2019
މަޤްބޫލު ޙަބަރު

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ 10 ނިމެން ދާއިރު، ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ރޯދަ ވީއްލުމުގެ ފޯރި މިވަނީ ގަދަވެފައެވެ. ދިރިއުޅޭ ކުދިކުދި ތަންތަންކޮޅުން ނުކުމެ، އާއިލާ ނުވަތަ ރަހްމަތްތެރިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން ބޭނުންވާތީއެވެ.

ނަމަވެސް ރެސްޓޯރެންޓަކަށް ރޯދަ ވީއްލަން ދާނަމަ ގިނަ ބަޔަކު އުފައްދާ ސުވާލުތަކެއް ހުރެއެވެ. އެތަނެއް މާހައުލާއި ކެއުމުގެ ރަހައާއި އަގަށް ވިސްނާ މީހުން ގިނައެވެ.

އެކަމަށް އޮތް ހައްލަކީ ކާނިވާ ސަރަހައްދުގައި މިވަގުތު ހުރި އެންމެ ފުރިހަމަ އެއް ރެސްޓޯރެންޓް “ދަ ޑެކް”އެވެ. ބޮޑު މަރާމާތަކަށްފަހު ޖާގަ ތަނަވަސްކޮށް، ފެންވަރު މަތިކޮށް، އެންމެންނާ ގުޅޭ މާހައުލަކަށް ދަ ޑެކް ވަނީ ހަދައިފައެވެ.

ރޯދަ ވީއްލަން ދަ ޑެކް އަށް ދާންވީ އެއް ސަބަބަކީ ވެސް އެއީއެވެ. ޖާގަ ތަނަސްވުމާއި ހިތްފަސޭހަ ވުމެވެ. ހާއްސަކޮށް އޮފީހެއްގެ މުވައްޒަފުންތަކެއް ނުވަތަ ގިނަ ބަޔަކު އެކުގައި ރޯދަ ވީއްލަން ދާނަމަ އެންމެ ކަމުދާނެ ތަނަކީ ދަ ޑެކްއެވެ.

އޭސީ ބަޔަކާއެކު ތިން ފުލޯ އަދި އައުޓްޑޯ ދެ ޑެކް ހިމެނޭ ގޮތަށް ހިއްލާލާފައިވާ ދަ ޑެކްގައި 100 މީހުންއިން ފެށިގެން 200 މީހުންނަށް އެއް ފަހަރާ ކޭޓާ ކޮށްލެވޭނެއެވެ.

އަނެއް ސަބަބަކީ ދަ ޑެކްގެ ރޯދަ މެނޫ އާއި އަގެވެ. ބުފޭ ގޮތަށް ހަފްތާގެ ކޮންމެ ދުވަހަކު ވެސް ނަން ހުސްކޮށް ކާއެއްޗެހި ހިމަނާފައިވެއެވެ. ބުއިމާއި މެއިން ކޯސް އަދި ޑެޒާޓްގެ އިތުރުން ދަ ޑެކްގެ މެނޫގައި ސްޓާޓަރ އަކާއި ސެލެޑް އަދި ސޫޕެއް ވެސް ހިމަނާފައިވެއެވެ. ބަނޑު ފުރާ ކާން ބޭނުންނަމަ ދަ ޑެކްއަކީ ހަމަ މަރެކެވެ.

ދެން އޮތީ އަގެވެ. އަގަކީ ކޮންމެ މީހަކަށް އެންމެ 150 ރުފިޔާއެވެ. މީގެ އިތުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ޗާޖެއް ނުނަގާއިރު، ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ޗާޖު ކުރާނީ އަގުގެ ދެބައިކުޅަ އެއްބައެވެ.

ދަ ޑެކްގެ މެނޫ ބަލާލުމަށް: https://haftha.mv/roadhamenu/the-deck/

Leave a Reply

Your email address will not be published.

haftha.mv ©