Fri, 5 June, 2020, 1:07 am
މޯލްޑިވްް ގޭހުން ބެކްއަޕް ސިލިންޑަރުު ގަނެގެން ހިލޭ ލުއި ފުޅިއެއް ލިބުމުގެ ފުރުސަތު!
5

މޯލްޑިވް ގޭހުން ދެ ކިލޯގެ ބެކްއަޕް ސިލިންޑަރު ގަނެގެން ކޮންމެ ހަފްތާއަކު ހިލޭ ލުއި ފުޅި ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވް ގޭހުން ބުނީ، މިއީ ކުއްލިއަކަށް ގޭސް ހުސްވެގެން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރަމަޟާންމަހަށް ހާއްސަކޮށް މިއަދު ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

އެގޮތުން މޯލްޑިވް ގޭހުގެ ދެ ކިލޯގެ ބެކްއަޕް ސިލިންޑަރު ގަންނަ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވުނީ އެވެ. އަދި އެ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާ އަކު ނަގާ ގުރުއަތުން ހޮވޭ ކަސްޓަމަރުންނަށް، ހިލޭ ލުއި ފުޅި އެއްގެ އިތުރުން 10 ކިލޯގެ ގޭސް ފުޅިއެއް ލިބޭނެ އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ބެކްއަޕް ސިލިންޑަރު ބައްލަވައިގަތުން ރަޖިސްޓްރީ ފީގެ ގޮތުގައި ދައްކަން ޖެހޭނީ 330ރ. އެވެ. އަދި 45ރ. އަށް އަލުން ރިފިލް ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ނޯވޭގެ އުފެއްދުމެއް ކަމަށްވާ ލުއިފުޅި މޯލްޑިވް ގޭހުން ރާއްޖޭގެ ބާޒާރަށް ނެރުނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި ހިފައިގެންގުޅެން ފަސޭހަ، ދަބަރު ނުޖަހާ، ގޭސް ހުރިވަރު ގޭސްފުޅީގެ ބޭރުން އެގެން ހުންނަ ލުއިފުޅިއަކީ ބަރުދަނުގައި އެންމެ 5 ކިލޯ ހުންނަ ގޭސް ސިލިންޑަރެކެވެ.

Leave a comment

Your email address will not be published.