ނަސްވާ ހަސަން
26 May 2019
މަޤްބޫލު ޙަބަރު

ދިރާގުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުމަށް މަސައްކަތް ފަށައިފިއެވެ.

މިއަދު ރަސްރަނި ބަގީޗާގައި ބޭއްވި ރައްމިއްޔާތެއްގައި މާލެ ސަރަހައްދުގެ ޕާކުތަކުގައި ވައިފައި ހޮޓްސްޕޮޓުތައް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ، ޕާކުތަކާއި އާންމުން ގިނައިން އެއްވެ އުޅޭތަންތަނުގައި ހޮޓްސްޕޮޓުތައް ގާއިމް ކުރެވިގެން ދިޔުމުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އިންޓަނެޓަކީ މިހާރު އެންމެންގެވެސް ޒަރޫރީ ބޭނުމަކަށް ވެފައިވާއިރު، ދިރާގުން އަބަދުވެސް މަސައްކަތް ކުރާނީ އިންޓަނެޓުގެ ހިދުމަތް ވީހާވެސް ފަސޭހައިން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ ދިރާގުން އިންޓަނެޓު ހޮޓްސްޕޮޓުތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާއިރު، އޭގެބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ދިރާގުން ބުނީ، ދިރާގުންގެ ހޮޓްސްޕޮޓް ލިބޭކަން އަންގައިދޭ ބޯޑުތައް ހަރުކޮށްފައި ހުންނަ ސަރަހައްދުތަކުން ކަނެޓްކުރުމުން ލޮގްއިން ޕޭޖު ފެންނާނެ ކަމަށާއި މޯބައިލް ނަންބަރު ޖެހުމުން ފޯނަށް އަންނަ އޯޓީޕީ އެންޓާ ކުރުމުން އިންޓަނެޓް ލިބޭނެ ކަމަށެވެ.

އެގޮތުން 30 މިނެޓަށް ހިލޭ ވައިފައި ހިދުމަތް ލިބިގެންދާއިރު، 100 އެމްބީ ހަމަވުމުން، އެޑްއޮން ވެސް ނެގޭނެ ކަމަށް ދިރާގުން ބުންޏެވެ.

Leave a Reply

Your email address will not be published.

haftha.mv ©