މުޙައްމަދު އިބްރާހިމް
27 May 2019
މަޤްބޫލު ޙަބަރު

ބަރަކާތްތެރި ރަމަޟާން މަސް ނިމުމާ މިއޮތީ ގާތްވެފައެވެ. އަޅުކަމުގެ މި މައްސަރަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ވެސް ލިބޭ މުހިންމު މަހެކެވެ. ހާއްސަ ގޮތެއްގައި މުޅި އާއިލާއާއެކު އާއިލީ ރޯދަ ވީއްލުމަކަށް ދިއުމަކީ ދިވެހިންގެ ޒަމާންވީ އާދައެކެވެ.

ނަމަވެސް މިއަދު ނަން ހުސްކޮށް ރެސްޓޯރެންޓުތައް އެބަހުއްޓެވެ. ތަފާތު ރަހަތަކަށް ހާއްސަ ތަންތަން ގިނަވެއްޖެއެވެ. އެހެންކަމުން އާއިލާއާއެކު ރޯދަ ވީއްލަން ދާނީ ކޮންތާކަށްތޯއެވެ.؟

ތި ސުވާލުގެ ޖަވާބަކީ “ޕިއްޒާ މައްމަ މިއާ” އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާލޭގައި ގާއިމްވެ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ އެ ރެސްްޓޯރެންޓް ހާއްސަވާ އެއް ސަބަބަކީ ވެސް އެތަނަކީ އާއިލީ ރެސްޓޯރެންޓެއް ކަމެވެ.

މި ރޯދަ މަހު އާއިލާ ނުވަތަ ކުޑަ ގުރޫޕެއް އެކުގައި ރޯދަ ވީއްލުމަކަށް އިންސާފު ކުރާނަމަ ވެސް އެތަނަކީ އޮތް އެންމެ ރަނގަޅު ޗޮއިސްއެވެ.

އެގޮތުން ކުޑަ ނަމަވެސް ހިތްގައިމު އަދި ރީތި ޑިޒައިނަކަށް ފަރުމާ ކޮށްފައިވާ އެތަނަށް 25 މީހުންނާއި 30 މީހުންގެ ގުރޫޕެއްދާނަމަ މުޅިތަން އެ ބަޔަކަށް ހާއްސަ ކޮށްދެއެވެ. މާނައަކީ އިތުރު އެއްވެސް ބަޔަކަށް އެދުވަހު އެތަނުން ޖާގަ ނުދޭނެ ކަމެވެ. ޕްރައިވަސީގައި ސަކަރާތް ޖަހާ ރޯދަ ވީއްލަން މިގޮތް ސަޅިއެއް ނޫންތޯއެވެ.

ދެން އޮތީ އަގުގެ ވާހަކައެވެ. މީރު އެތައް ކާއެއްޗިއްސަކާއެކު ހަދާފައިވާ “ޕިއްޒާ މައްމަ މިއާ”ގެ ރޯދަ މެނޫއަކީ މިފަހަރު މާލޭގައި އެންމެ ހެޔޮ އަގުގައި ލިބޭނެ އެއް މެނޫއެވެ. ބުއިމާއި މެއިން ކޯސް އަދި ޑެޒާޓްގެ އިތުރުން ސްޓާޓާތަކާއި ސެލެޑް އަދި ސޫޕެއް ވެސް ހިމެނޭ އެ މެނޫގެ އަގަކީ އެންމެ 150 ރުފިޔާއެވެ.

ނުވިތާކަށް ފަސް އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ޗާޖެއް ނުނަގާއިރު، ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ޗާޖު ކުރާނީ އަގުގެ ދެބައިކުޅަ އެއްބައެވެ.

Leave a Reply

Your email address will not be published.

haftha.mv ©