.
09 June 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެ ދައުލަތް ހިންގުމަށް 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މޭމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 9.08 ބިލިއަން ރުފިޔާލިބިފައިވާއިރު ދައުލަތް ހިންގުމަށް 7.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން 4 ބިލިއަނެއްހާ ރުފިޔާއަކީ ދައުލަތުގެ މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްދިނުމަށް ހޭދަކުރި މިންވަރެވެ. އަދި އިދާރީ ހިންގުމަށް 3.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަނެއްކޮޅުން ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދުކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.

އެގޮތުން ފުރަތަމަ 5 މަސް ދުވަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 9.08 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 6.9 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު 6.9 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި، ޖީއެސްޓީގެ ގޮތުގައި ލިބުނު 3.5 ބިލިއަން ރުފިޔާއާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 1.3 ބިލިއަން ރުފިޔާއާއި، ބީޕީޓީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް ނޫން ގޮތުގައި ލިބުނު 1.7 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި، އެކިއެކި ފީއާއި ކުލީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ 680 މިލިއަން ރުފިޔާއާއި، އެކިއެކި ބިމު ކުލީގެ ގޮތުގައި ލިބިފައިވާ 547 މިލިއަން ރުފިޔާ ހިމެނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©