މުހައްމަދު އަފްރާހް
23 June 2019
މަޤްބޫލު ޙަބަރު

ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީގެ ދަރަނި 600 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ކުންފުނިން ލަފާކޮށްފިއެވެ.

އެމްޓިސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީއަށް މިދިޔަ އަހަރު ރަނގަޅު ޕްރޮޖެކްޓެއް ނެގިފައިނުވާ ކަމަށާއި، އޭގެ ސަބަބުން ކުންފުންނަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ޝާހް ވިދާޅުވީ ކުންފުންޏަށް ލިބެންޖެހޭ 300 މިލިއަން ރުފިޔާ ވާކަމަށާއި، އެ ފައިސާ ނުލިބި ލަސްވުމަކީވެސް ކުންފުންޏަށް ދިމާވެފައިވާ ދަތިކަމެއް ކަމަށެވެ. އެމްޓީސީސީގެ ދަރަނި ބޮޑުވެ، މި އަހަރު އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބެހުމަށްވެސް ވަނީ ނިންމާފައެވެ.

މި ސަރުކާރު ހަވާލުވުމާއެކު އެމްޓީސީސީން އާ ޕްރޮޖެކްޓްތަކަށް ނުކުމެފައިވާ އިރު، އަހަރު ނިމޭ އިރު، ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށްވެސް ކުންފުނިން ވަނީ ލަފާކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©