މުޙައްމަދު އިބްރާހިމް
24 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ، އެލައިޑް އިންޝުއަރެންސުން ނިމިދިޔަ ހަފްތާގެ ތެރޭގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފި އެވެ.

އެލައިޑުން ބަދަލުގެ ގޮތުގައި ފައިސާ ދޫކުރަމުން އަންނަނީ ހަފްތާތަކަށް ބަހާލައިގެން ނެވެ. އެގޮތުން މިމަހުގެ 16 އިން 20 ވަނަ ދުވަހާ ހަމައަށް 3،048،000 ރުފިޔާ ގެއްލުމުގެ ބަދަލުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޫކޮށްފައިޥާ ކަމަށް އެލައިޑުން ބުނެ އެވެ.

ގުދުރަތީ ކާރިސާތަކާއި ޙާދިސާތަކުގައި އާއްމުންގެ ގޯތިގެދޮރާއި މުދަލަށް ލިބޭ ގެއްލުމުގެ ބަދަލުގެ އިތުރުން ހެލްތް އިންޝުއަރެންސް ފަދަ ތަފާތު ދާއިރާތަކުން އެލައިޑުން އަންނަނީ އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެމުން ނެވެ.

އެގޮތުން އެލައިޑުގެ އިންޝުއަރެންސް ޕްރޮޑަކްޓުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިދިޔަ އަހަރު އެކަނި ވެސް އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 65 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

އަދި 2017 ވަަނަ އަހަރު އިންޝުއަރެންސްގެ ގޮތުގައި ޖުމްލަ 158 މިލިއަން ރުފިޔާ އެލައިޑުން ވަނީ އެކުންފުނިީގެ ކަސްޓަމަރުންނަށް ދޫކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ އިންޝުއަރެންސްގެ ހިދުމަތް ތައާރަފްކުރި އެލައިޑުން ބޮޑެތި އަދަދުތަކެއް ކަސްޓަމަރުންނަށް ދޫކުރަމުން އަންނައިރު، މިދިޔަ މަހު އެ ކުންފުނީގެ ފައިދާ ވެސް ވަނީ ވަރަށް ބޮޑުތައް އިތުރުވެފަ އެވެ.

އެގޮތުން، އެ ކުންފުނީގެ އިންޝުއާ ކުރުމުގެ ގާބިލްކަން މިހާރު 140 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެލައިޑުން ބުނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©