ނަސްވާ ހަސަން
07 July 2019
މަޤްބޫލު ޙަބަރު

ސިނަމާލެ ބުރިޖު ހުޅުވުމުގެ ސަބަބުން އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވި ކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ.

އެމްޓީސީސީ އިން ދެމުންދާ ހިދުމަތްތަކުގެ ތެރެއިން އާމްދަނީ ހިފެހެއްޓެނީ މާލެ ސަރަހައްދުގައި ދޭ ފެރީ އާއި ބަހުގެ ހިދުމަތުގެ ސަބަބުންނެވެ. ނަމަވެސް މިދިޔަ އަހަރު ސިނަމާލެ ބްރިޖު ހުޅުވުމާއެކު ހުޅުމާލެ އާއި މާލެ އާއި ދެމެދު ދުއްވާ ފެރީތައް މަދުކޮށް، ހުޅުމާލޭ އެތެރޭގައި އެކުންފުނިން ދޭ ބަހުގެ ހިދުމަތަށްވެސް ބޮޑު ބަދަލެއް ހިދުމަތަށްވެސް ބޮޑު ބަދަލެއް ގެންނަން ޖެހުނެވެ.

އަދި ސިނަމާލެ ބްރިޖް ހުރަސްކޮށް ދޭ ބަހުގެ ހިދުމަތް އެމްޕީއެލްއާ ހަވާލުކުރުމާއި ގުޅިގެން ވެސް އެމްޓީސީސީގެ ދަތުރުފަތުރުގެ ދާއިރާއިން ވަނީ، މިދިޔަ އަހަރު 82 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިވެފައި ކަމަށް އަހަރީ ރިޕޯޓްގައި ވެއެވެ.

އަހަރީ ރިޕޯޓުގައި ހިމަނާފައިވާ ކުންފުނީގެ ސީއީއޯ ހަސަން ޝާހުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދަތުރުފަތުރުގެ ދާއިރާ އިން ވަމުންދާ ގެއްލުން އިތުރުވުމުގެ މައިގަނޑު ސަބަބަތަކުގެ ތެރޭގައި ސިނަމާލެ ބްރިޖް ހުޅުވުމާ ގުޅިގެން ހުޅުމާލެ-މާލެ ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ޑިމާންޑް ދަށަށް ދިއުމުގެ އތުރުން އަތޮޅު ތެރޭގެ ފެރީނިޒާމުން ކުންފުންޏަށް ވަމުންދާ ގެއްލުން ބޮޑު ހިއްސާއެއް އަދާކުރާ ކަމަށެވެ.

އަހަރީ ރިޕޯޓުގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ފަހީމް ވިދާޅުވެފައިވަނީ އެ ކުންފުނިން ދެމުންގެންދާ ދަތުރުފަތުރުގެ ނިޒާމުން ސަބަބުން ކުންފުންޏަށް ގެއްލުންތަކެއް ވަމުންދާތީ އެ ދާއިރާއިން ސަބްސިޑީއެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©