Thu, 28 May, 2020, 10:33 am
ނޯޓްގެ ކަސްޓަމަރުންނަށް މިރޭ ރަނެއް، ހުރިހާ ޕްރޮޑަކްޓަކުން %50 ޑިސްކައުންޓް!
4

ދިވެހިންނަކީ އަދި ވަކިން ހާއްސަކޮށް ދިވެހި ކަނބަލުންނަކީ އަބަދުވެސް ރީތިކޮށް ތިބުމަށް ލޯބިކުރާ ބައެކެވެ. ބްރޭންޑްތަކުގެ ކޮސްމެޓިކްސް އާއި ސެންޓަށް އޮންނަ ޑިމާންޑުން އެކަން އެނގެއެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ މައްޝޫރު އެއް ކޮސްމެޓިކްސް ބްރޭންޑް ކަމަށްވާ ނޯޓް ކޮސްމެޓިކްސް އަކީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ދިވެހިން އިތުބާރު ކުރާ ޕްރޮޑަކްޓެކެވެ.

ކޮންމެ އަކަސް މިރޭ މިއީ ނޯޓް ޕްރޮޑަކްޓްގެ ކަސްޓަމަރުންނަށް އަދި އެ ޕްރޮޑަކްޓުގެ އަޖުމަ ބަލާލަން ބޭނުންވާ މީހުންނަށް ރަނުގެ ރެ އެކެވެ. އުފަލުގެ ކޮޅެއް ނެތްހާ އުފާވެރި ކަމެކެވެ.

ނޯޓް ކޮސްމެޓިކްސް ބްރޭންޑުގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރ، ނިއު އެޑިޝަން އިން މިރޭ މިވަނީ ރާއްޖޭގައި ބާއްވާ ފުރަތަމަ ފުލޭޝް ސޭލްއަށް ތައްޔާރުވެފަ އެވެ. އަދި އެތައް ކަމަކުން މިރޭގެ ސޭލް ހާއްސަވެ އެވެ.

ފުރަތަމަ ކަމަކީ ސޭލްގައި ނޯޓް ކޮސްމެޓިކްސްގެ ހުރިހާ ޕްރޮޑަކްޓަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމެވެ. ފަހުގެ ޕްރޮޑަކްޓެއް ކުރީގެ ޕްރޮޑަކްޓެއް ނުބަލައި ހުރިހާ ނޯޓް ޕްރޮޑަކްޓަކުން މި ޑިސްކައުންޓް ލިބޭނެ ކަމަށް ނިއު އެޑިޝަނުން ބުނެ އެވެ.

ދެވަނަ ކަމަކަށް ހާއްސަ ސޭލްގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއްވެސް ދިނުމަށް އޮތީ ހަމަޖެހިފަ އެވެ.

ނަމަވެސް ސަމާލުވާންޖެހޭ ކަމަކީ، މާލޭގެ ބޮޑުރަސްގެފާނު މަގުގައި ހުންނަ ނިއު އެޑިޝަންގެ ފިހާރައިގައި މި ސޭލް ކުރިއަށްދާނީ ލިމިޓެޑް ސްޓޮކްއާއެކު މިރޭގެ 9:00 އިން 10:00 އަށެވެ.

ވަގުތު ކުޑަ ވިޔަސް މިރޭގެ ފުރުސަތު ނަގާލައިގެން ވާކަށް ނޯންނާނެ އެވެ. ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑަކުން މި ވަރުގެ ޑިސްކައުންޓެއް ލިބޭނީ މަދު ފަހަރަކު އެވެ. އެހެން ކަމުން ގެއްލިއްޖެ ފުރުސަތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން ދަނެގެން މިރޭ ވަގުތު ހުސްކޮށްގެން ދާންވީ ނިއު އެޑިޝަން ފިހާރަ އަށެވެ.

Leave a comment

Your email address will not be published.