.
13 July 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް އިންޓަނޭޝަނަލް ކާޑު ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީޕް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ރިޒާ ވިދާޅުވީ، އެ ބޭންކުން އިންޓަނޭޝަނަލް ކާޑެއް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެކަމަށެވެ. އެގޮތުން މިކަމަށް ބޭނުންވާ ހުއްދަތައް ލިބިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ކާޑު ޓެސްޓުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އެ ބޭންކުގެ ކަސްޓަމަރުންނަށް ވަރަށް އަވަހަށް އިންޓަނޭޝަނަލް ކާޑު ތައާރަފްވެގެންދާނެކަމަށް ރިޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިންނަކީ ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބަޔަކަށްވެފައި، އޮންލައިން ވިޔަފާރިވެސް ވަރަށް ގިނައިން ކުރާ ބަޔަކަށްވުމުން މި ކާޑުގެ ސަބަބުން އެ ބޭންކުގެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©