މުޙައްމަދު އިބްރާހިމް
15 July 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި ގާއިމްކުރެވުނު ފުރަތަމަ އަދި އެންމެ އިތުބާރު ކުރެވޭ ކުންފުނި، އެމްޓީސީސީން ކޮންމެ އަހަރަކު ބާއްވާ އަދި ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ “ސާބަސް ޔަންމާ” ޕްރޮމޯޝަން ފަށައިފި އެވެ.

“ސާބަސް ޔަންމާ”ގެ ތިން ވަނަ ޕްރޮމޯޝަން މިއަދު ފައްޓަވައިދެއްވީ އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ހަފްލާއެއްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ ޕްރޮމޯޝަންގެ ދަށުން 78 ހޯސްޕަވަރުގެ އިންޖީނުން ފެށިގެން 829 ހޯސްޕަވަރާ ދެމެދުގެ ޔަންމާ އިންޖީނު ލިބޭނެ އެވެ.

އަދި ގަންނަ ކޮންމެ އިންޖީނަކާއެކު އޮޑިއަށާއި އިންޖީނަށް ބޭނުންވާ އެއް ލައްކަ ރުފިޔާ އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ އަގުހުރި ސާމާނު ހިލޭ ލިބޭނެ އެވެ. އެގޮތުން ޖީޕީއެސް އާއި ފިޝްފައިންޑަރ، ހުންގާނު ސިސްޓަމް، އަދި ކާސްޓްރޯލް އަޑީތެލުގެ އިތުރުން އޮޑިއަށާއި އިންޖީނަށް ބޭނުންވާ އެހެނިހެން ސާމާނު ހިލޭ ލިބޭނެ އެވެ.

މީގެ އިތުރުން މިއަހަރުގެ ޕްރޮމޯޝަންގައި އިންޖީނު ގަންނަން ބޭނުންވާ ފަރާތްތަކުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އިންޖީނު ގަތުމަށް 10 ޕަސެންޓް ބޫކިންގް ފީ އެއް ދައްކަން ޖެހޭނެ އެވެ. އަދި މިއަހަރުގެ ނިޔަލަށް އިންޖީން ފުލް ޕޭމަންޓް ދައްކަން ޖެހޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީގެ ވޭތުވެދިޔަ ދެ އަހަރުވެސް ކާމިޔާބު ކަމާއެކު ބޭއްވި ސާބަސް ޔަންމާ ޕްރޮމޯޝަން މިއަހަރު ވެސް ކުރިއަށްދާއިރު، އެ ކުންފުނިން ކޮންމެ އަހަރަކު ވެސް އަންނަނީ އެކިއެކި ޕްރޮޑަކްޓް ތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބާއްވަމުން ނެވެ.

އެގޮތުން ޔަންމާ އިންޖީންތަކަށް ހާއްސަކޮށް އެމްޓީސީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ “ޔަންމާ ސާވިސް ކެމްޕެއިންގެ” ނަމުގައި ޔަންމާ އޭޝިއާ އާއި ގުޅިގެން ކެމްޕެއިން ކުރިއަށް ގެންދަމުން ނެވެ.

މިއީ ޔަންމާ އިންޖީނު އަޅާފައިވާ އޮޑިފަހަރުގެ އިންޖީނުތައް ސާވޭ ކުރުމާއި ކަސްޓަމަރުންނަށް ޖެނުއިން ސްޕެއަރ ޕާޓްސްގެ މުހިންމުކަމަށް ހުރިހާ ފަރާތެއް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ހިންގާ ކެމްޕެއިނެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©