މުޙައްމަދު އިބްރާހިމް
19 July 2019
މަޤްބޫލު ޙަބަރު

މޯލްޑިވް ގޭހުން ސިންގަޕޫރުގެ މަޝްހޫރު ކޮލިޓީ ބްރޭންޑެއް ކަމަށްވާ ކާލްޓަން ރެފްރިޖެރެންޓް ރާއްޖެއަށް މިއަދު ތައާރަފް ކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވް ގޭހުން ވަނީ ކާލްޓަން ބުރޭންޑުގެ ހަތަރު ވައްތަރެއް ރާއްޖެއަށް ތައާރަފް ކޮށްފަ އެވެ. އެގޮތުން ގެ އާއި އޮފީސްފަދަ ތަންތަނުގެ އޭސީތަކަށާއި މިނީ ބާތަކަށާއި ޗިލާސް، ކޯލްޑް ރޫމްތަކަށް ހާއްސަ ރެފްރިޖަރެންޓް ވެސް ހިމެނެ އެވެ.

މޯލްޑިވް ގޭހުގެ މާކެޓިން މެނޭޖަރ އައިމިނަތު މުހައްމަދު ސައީދު (އައިންތު) ވިދާޅުވީ، ކާލްޓަން ރެފްރިޖަރެންޓަކީ ރިސޯޓް އަދި އިންޑަސްޓްރިއަލް ވިޔަފާރިކުރާ ފަރާތްތަކާއެކު މަޝްވަރާކުރެވި ސާވޭ ކުރެވިގެން އަދި އިންޑަސްޓްރީގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ވެސް އެދިލެއްވުމަކަށް އެ ކުންފުނިން ރާއްޖެއަށް ތައާރަފްކުރި ޕްރޮޑަކްޓެއް ކަމަށެވެ.

މޯލްޑިވް ގޭހުން މިއަދު ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފެށި ހަތަރު ޕްރޮޑަކްޓުގެ ތެރެއިން

ކާލްޓަން 410A އަކީ ގެ ތަކަށާއި އޮފީސް ފަދަ ތަންތަނުގައި ހުންނަ އޭސީތަކުގެ އިތުރުން މަލްޓި އެއާ ކޮންޑިޝަންތަކަށް ބޭނުން ކުރެވޭނެ ރެފްރިޖަރެންޓެކެވެ.

ކާލްޓަން 134A ރެފްރިޖަރެންޓަކީ ރިސޯޓް އަދި ގެސްޓް ހައުސްތަކުގެ ރޫމްތަކުގައި ބޭނުންކުރާ މިނީ ބާތަކަށާއި ވެހިކަލްތަކުގެ އޭސީ އަދި ޗިލާ އިކުއިޕްމަންޓްތަކުގެ އިތުރުން ގޭތެރޭގައި ގޭސް އަޅައިގެން ބޭނުންކުރާ ފަންކާ ފަދަ ތަކެއްޗަށް ބޭނުން ކުރެވޭނެ ގޭހެކެވެ.

ކާލްޓަން 404A ރެފްރިޖަރެންޓަކީ ފްރީޒަރު ކޮންޓެއިނަރުތަކަށާއި ޑިސްޕުލޭ ކޫލާސް އަދި ޗިލާސް ފަދަ އެއްޗިއްސަށް ބޭނުންކުރާ ގޭހެކެވެ.

ކާލްޓަން 407C އަކީ ފިނިކުރި ކުކުޅު ނުވަތަ މަސްފަދަ ތަކެތި އެތެރެކުރާ ފަރާތްތަކުން ބޭނުންކުރާ ކޯލްޑް ރޫމްތަކަށާއި ޗިލާސްތަކަށް ބޭނުންކުރާ ރެފްރިޖަރެންޓެކެވެ. މި ގޭސް އިންޑަސްޓްރިއަލް އަދި ކޮމާޝަލް އޭސީ ތަކަށް ވެސް ބޭނުން ކުރެވޭނެ އެވެ.

މޯލްޑިވް ގޭހުން ބުނީ، މާކެޓްގައި އުޅޭ އެހެން ކުންފުނިތަކާ އަޅާބަލާއިރު އެ ކުންފުނިން ވިއްކާ ގޭހުގެ އަގު ވަރަށް ބޮޑުތަން ހެޔޮވާނެ ކަމަށެވެ.

ރިސޯޓް އަދި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ލަފައާއި މަޝްވަރާއާއެކު މޯލްޑިވް ގޭހުން ކޮލިޓީ ބްރޭންޑެއްގެ ރެފްރިޖަރެންޓް ރާއްޖެއަށް އެތެރެ ކޮށްފައިވާއިރު މީގެ ކުރީން 2016 ވަނަ އަހަރު ވެސް އެ ކުންފުނިން ވަނީ އެމެރިކާގެ ރެފްރިޖަރެންޓެއް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.

ރާއްޖޭގައި ގޭހުގެ ހިދުމަތް ދެމުން އަންނަތާ 20 އަހަރުވެފައިވާ މޯލްޑިވް ގޭހުން އަލަށް ނެރުނު އުފެއްދުންތަކާއެކު ކުރިން ރިސޯޓްތަކަށާއި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުބާރު ހުރި ކޮލިޓީގެ ގޭސް އަގުހެޔޮކަމާއެކު ލިބި މަސައްކަތް ފަސޭހަ ކޮށްދީފި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©