މުޙައްމަދު އިބްރާހިމް
04 October 2019
މަޤްބޫލު ޙަބަރު

ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް ގެނައި، މަންޓާ އެއާގެ ފުރަތަމަ ސީޕްލޭންތައް މި މަހުގެ 10 ވަނަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މަންޓާ އެއާ އިން ބުނީ، ޑީއެސްޗީ-10 ޓުވިން އޮޓާ މަރުކާގެ ދެ ބޯޓު ކެނެޑާގެ ކެލްގަރީން ފުރައިގެން ރާއްޖެ އައުމަށް ރޭ ފަތިހު 3:00 ދަތުރު ފަށާފައިވާ ކަމަށެވެ.

މި ސީޕްލޭންތައް ރާއްޖެ އަންނާނީ ޖުމްލަ ހަތް ތަނެއްގައި މަޑު ކުރުމަށްފަހު، 16،000 ކިލޯމީޓަރު ކަނޑައްތުކުރުމަށްފަހު ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި ގޮތުގައި، މި ސީޕްލޭންތަކަކީ މަންޓާ އެއާގެ ޅަފަތުގައި އަނެއްކާވެސް އެ އެއާލައިނުން އަޅާ މުހިންމު ފިޔަވަޅެކެވެ.

އަޅުގަނޑުމެންގެ ޑޮމެސްޓިކް ފްލައިޓްތަކުން ފަސިންޖަރުންނަށް ލިބޭ ފަދަ ފެންވަރު ރަނގަޅު، ތަފާތު ހިދުމަތްތަކެއް ސީޕްލޭން މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވެސް ވަރަށް އަވަހަށް ދޭން ފެށޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،” މަންޓާ އެއާގެ ސީއީއޯ ހަލީލް ވިދާޅުވިއެވެ.

އަންނަ ހަފްތާގައި މަންޓާގެ ދެ ސީޕްލޭން ރާއްޖެ ގެނައި ނަމަވެސް، މި މަސްތެރޭގައި އިތުރު ދެ ސީޕްލޭން ގެނެސް، މިއަހަރު ނިމޭއިރު އެ ކުންފުނީގެ ފުލީޓުގައި 10 ސީޕްލޭން އޮންނާނެ ކަމަށް މަންޓާ އެއާއިން ބުނެއެވެ.

އަދި އެކަމަށް ތައްޔާރުވުމަށް މަންޓާ އެއާއިން ވަނީ ރާއްޖޭގެ ފަސް ސީޕްލޭން ޕައިލެޓުންނަށް އޭޓީއާރުގެ އެންމެފަހުގެ މަތިންދާބޯޓު ދުއްވުމަށް ޓްރެއިނިން ދިނުމަށް ހާއްސަ ސްޕޮންސާޝިޕެއް ވެސް ހަދިޔާކޮށްފައެވެ.

މަންތާ އެއާގެ ސީޕްލޭން ދަތުރުތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އެ އެއާލައިންގެ ހިދުމަތް ބޭނުންވާ ރިސޯޓުތަކަށެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި މަންޓާ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮންނައިރު، އެ އެއާލައިނުން މިވަގުތު ދަތުރުކުރަނީ ދެ މަންޒިލަކަށެވެ. އެއީ، ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަށެވެ.

ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އިތުރު ބޯޓެއް ގެނެސް، އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް އެ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©