Wed, 29 January, 2020, 3:20 am
ބީއެމްއެލް އަށް ޗީފް ރިސްކު އޮފިސަރަކާއި ޑިރެކްޓަރަކު ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އާ ޗީފް ރިސްކް އޮފިސަރުގެ މަގާމަށް ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިންގެ ޑިރެކްޓަރުގެ މަގާމަށް ސުރީ ހާނިމް މުހަައްމަދު ހަމަޖައްސައިފިއެވެ.

ޗީފް ރިސްކު އޮފިސަރުގެ މަގާމަށް ހަމަޖެއްސި ގެރީ މީގެ ކުރިން ހުންނެވީ އިންވެސްޓެކް ބޭންކު ލަންޑަންގެ ޗީފް ކުރެޑިޓް އޮފިސަރުގެ މަގާމުގައެވެ.

ޔޫކޭ އަދި ސައުތު އެފްރިކާގެ އިންވެސްޓެކް ބޭންކުގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ގެރީ އަކީ ބޭންކިން އަދި ރިސްކު މެނޭޖްމަންޓު ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ބީއެމްއެލް އިސްލާމިކް ބޭންކިންގެ ޑިރެކްޓަރަކަށް ހަމަޖެއްސި ސުރީއަކީ އިސްލާމިކް ބޭންކިން ދާއިރާގައި އިސް މަގާމުތަކެއް ފުރުއްވައި 19 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ތަފާވުގް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތް ކުރައްވައިފައެވެ.

އޭގެ އިތުރުން ސުރީ ވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ (އޭއައިބީއައިއެމް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

މި ދެ ބޭފުޅުން ބީއެމްއެލް މަގާމުތަކަށް ހަމަޖެއްސުމާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، އަމާޒަކީ ގެރީ އަދި ސުރީގެ ތަޖުރިބާއާއެކު ބީއެމްއެލްގެ ހިދުމަތްތައް ހަރުދަނާވެ އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ. އަދި ދެބޭފުޅުންނަށް ސޯޔާ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

” ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި. އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. މިއަހަރުތެރޭ އިސްލާމިކް ބޭންކިންގެ ހިިދުމަތް އިތުރަށް ފުޅާކުރުމަކީ ވެސް  އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލްއަގުވާމީ ތަޖްރިބާ އާއެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިން ހިިދުމަތް އިތުރު ހަރުފަތަކަށް ދިޔުން،” ޓިމް ސޯޔާ ވިދާޅުވިއެވެ.

Leave a comment

Your email address will not be published.