• Sat, 11 July, 2020, 6:53 pm

    ދިރާގުން ރާއްޖެއަށް “އީ-ސިމް”ގެ ހިދުމަތް ތައާރަފްކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގުން “އީ-ސިމް”ގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

    ދިރާގުން ބުނީ، މިއަދު އެކުންފުނިން ތައާރަފްކުރި އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގްބަލަކަށް ވާސިލްވުމަށް އިތުރު ބާރަކަށްވެ، މޯބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

    އަދި އީ-ސިމް އެކްޓިވޭޓް ކުރެއްވުމަށް ދިރާގު އެޕް މެދުވެރިކޮށް ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) އަށް ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

    އީ-ސިމް އަކީ މިހާރު ބޭނުންކުރާ ޕްލާސްޓިކް ފިޒިކަލް ސިމްގެ ބަދަލުގައި ޑައުންލޯޑު ކޮށްގެން ބޭނުންކުރެވޭނެ ޑިޖިޓަލް ސިމްއެކެވެ. އެގޮތުން އީސިމް ސަޕޯޓްކުރާ ފޯނުތަކުގައި އާދައިގެ ސިމްއަކާއެކު ކޮންމެވެސް އެއް އީސިމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުން ކުރެވޭނެއެވެ. އެހެންކަމުން އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެއްވުން ފަދަ ލުއިފަސޭހަތަކެއް މި ހިދުމަތުގެ ސަބަބުން ލިބިގެންދާނެއެވެ.

    އެގޮތުން އީ-ސިމްގައި އަށް ނަންބަރާއި ހަމައަށް ޕްރޮފައިލް ރައްކާކުރެވެއެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ހިދުމަތެކެވެ.

    އީސިމްގެ ހިދުމަތް ބޭނުން ކުރެވޭނީ އެ ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައެވެ. އެގޮތުން އީސިމް ސަޕޯޓްކުރާ އެންމެ މަގުބޫލު ސަމާޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯޓް ކުރާނެއެވެ.

    އެޕަލް ކުންފުނީގެ ފޯނުތަކުގެ ތެރެއިން އީ-ސިމް ސަޕޯޓް ކުރާނީ އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރު، އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް އަށެވެ.

    އެންޑްރޮއިޑް ފޯނުތަކުގެ ތެރެއިން އެ ސިމް ސަޕޯޓްކުރާނީ ގޫގުލް ޕިކްސެލް ތިނަކުން ފެށިގެން ފަހުގެ ފޯނުތަކަށެވެ.

    ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ވެސް ފޯރުކޮށްދެމުންދާ ދިރާގަކީ ދުނިޔެއަށް އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކުންފުންޔެކެވެ.

    ދިރާގުން ބުނީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖެ އަށާއި ދިވެހި މުޖުތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތްތައް މެދުވެރިކޮށް “ޑިޖިޓަލް ރާއްޖެ” އަކަށް ގައުމު ވާސިލުކޮށްދިނުމެވެ.

    ދިރާގު އީ-ސިމް އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.dhiraagu.com.mv/eSIM.aspx

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.