Thu, 28 May, 2020, 12:34 pm
އެސްޓީއޯ އިން ބިހާއި ފިޔާ ވިއްކާ އަގު އަނެއްކާ ވެސް ހެޔޮކޮށްފި
6

އެސްޓީއޯ އިން ބިހާއި ފިޔާ ވިއްކާ އަގު ވަރަށް ބޮޑުތަނުން ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން މިދިޔަ އޭޕްރިލް މަހު ވެސް ވަނީ ބިހާއި ފިޔާ ވިއްކާ އަގު ހެޔޮ ކޮށްފަ އެވެ. އެފަހަރު 325 ރ. އަށް ހުރި ފިޔާ ބަސްތާއެއް 255 ރ. އަށް ހެޔޮކޮށް، 290 ރ. އަށް ވިއްކަމުން ދިޔަ ބިސް ކޭހެއްގެ އަގު 260 ރ. އަށް ހެޔޮ ކުރިއެވެ.

އެސްޓީއޯ އިން ބުނީ، ބިސް ކޭހަކުން 40 ރ. ހެޔޮކޮށް މިހާރު 240 ރ. އަށް ގަންނަން ލިބޭނެ ކަމަށެވެ. އަދި ފިޔާ ބަސްތާއަކުން 80 ރ. ހެޔޮކޮށް މިހާރު 175 ރ. އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ އިން ބުނީ، ފުލުހުން ދޫކުރާ ހުއްދަ އޮންނަ މީހުން، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެ ކުންފުނީގެ ގުދަނަށް ގޮސް އޯޑަރާ ހަވާލުވެވޭނެ ކަމަށެވެ. އެގޮތުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 3:00 އަށް އެ ގުދަން ހުޅުވާފައި ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، ޑެލިވަރީ އޯޑަރުތައް ވެސް އެސްޓީއޯ އިން ބަލައިގަނެ އެވެ. އެގޮތުން ޑެލިވަރީ އަށް ގުޅަން ޖެހެނީ އެ ކުންފުނީގެ ހޮޓްލައިން 7291123 ނުވަތަ 7291125 އަށެވެ.

Leave a comment

Your email address will not be published.