.
29 November 2014
މަޤްބޫލު ޙަބަރު

hosni

މިސްރުގެ ސަރުކާރާއި ދެކޮޅަށް 2011 ވަނަ އަހަރު މުޒާހަރާ ކުރި މީހުން މަރަން އަމުރުކޮށްފައިވާ ކަމަށް ބުނެ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ހުކުމް ކޮށްފިއެވެ.
މި މައްސަލައިގެ އިތުރުން މުބާރަކް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކުން ވެސް މިއަދު ސަލާމަތްވެފައެވެ.މުބާރަކުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސްވަންދެން ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުން މަރަން އަމުރު ކުރުމުގައި މުބާރަކުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް ކޮމާންޑަރުން ވެސް ކުށްވެރި ނުވާ ކަމަށް ފަނޑިޔާރު މަހްމޫދު ކަމާލް އަލް ރާޝިދީ އިއްވި ހުކުމުގައި ވެއެވެ.
މުބާރަކްގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2011 ވަނަ އަހަރު ކުރިއަށް ދިއަ މުޒާހަރާގެ ދުވަސްވަރު އޭނާގެ އަމުރަށް ސިފައިން ދިން ހަމަލާތަކުގައި މަރުވެފައިވާ 800 އެއްހާ މީހުން މަރުވެފައި ވަނީ އެމީހުން މަރަން މުބާރަކް ކުރި އަމުރަށް ސިފައިން ދިން ހަމަލާތަކުގައި ކަމަށް ބުނެއެވެ.
މި މައްސަލައިގައި މުބާރަކް ވަނީ އޭނާގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރަން އަމުރުނުކުރާ ކަމަށާއި އަދި މިސްރުގެ އެއްވެސް ރައްޔިތަކު މަރަން އަމުރުކޮށްފައި ނުވާނެ ކަމަށް ޝަރީއަތުގައި ވިދާޅުވެފައެވެ.
ކޯޓުން މުބާރަކްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމުމާ އެކު އެވަގުތު ކޯޓުތެރޭ ތިބި މުބާރާކްގެ ސަޕޯޓަރުން އުފާފާޅުކުރަން ފެށިކަމަށް ރިޕޯޓުތައް ބުނެއެވެ.
މުބާރަކްގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރަން އަމުރު ކުރި ކަމުގެ ދައުވާ މުބާރަކުގެ އިތުރުން އޭނާގެ ވެރިކަމުގެ އިންޓީރިއާ މިނިސްޓަރުކަން ކުރެއްވި ހަބީބް އަލް އަދުލީގެ މައްޗަށް ވެސް އުފުލި ނަމަވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ވެސް އެ ދައުވާ ސާބިތުނުވާކަމަށް ހުކުމްކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©