.
23 December 2015
މަޤްބޫލު ޙަބަރު

nigeria

ބޯކޯ ހަރާމުން ނައިޖީރީއާގައި ކުރިއަށްގެންދާ ތަފާތު އެކި ލާއިންސަނީ ހަރަކާތްތަކުގެ ސަބަބުން ނައިޖީރިއާގައި އެއްމިލިއަން ކުދީން ތައުލީމު ހާސިލްކުރުމުން މަހުރޫމުވެފައިވާކަމަށް ޔުނިސެފުން ހާމަކޮށްފިއެވެ. ޔުނިސެފުން އަންގާރަދުވަހު ހާމަކުރި ރިޕޯޓެއްގައިވާގޮތުން، ހުޅަނގުގެ ތައުލީމު ނައިޖީރިއާގައި ހުށްޓުވުމުގެ ޝިއާރާއި އެކު ކުރިއަށްދާ މި ހަނގުރާމައިގެ ސަބަބުން ނައިޖީރިއާގެ 2000ހާ ސްކޫލް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން އިތުރު 100އެއްހާ ސްކޫލްތައްވަނީ އަލިފާން ރޯކޮށް ނުވަތަ ލޫޓުވުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރުކޮށްފައެވެ.
މީގެއިތުރުންވެސް ކުޑަކުދީންނަށާއި ދަރިވަރުންނަށް އަމާޒުކޮށް ޖިންސީ އަނިޔާތަކާއި، މަޖުބޫރުން ކައިވެނިކުރުވުންފަދަ ލާއިންސާނީ އަމަލުތައްކަންބޮޑުވާ މިންވަރަށް ހިންގާފައިވާކަމަށްވެސް ޔުނިސެފްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

niger

މީގެއިތުރުންވެސް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިތުބާރުކުރެވޭފަދަ ރައްކާތެރި މާހައުލަކަށް ސްކޫލްތައް ނުވުމާއި، ދަރިވަރުންސްކޫލަށް ދިއުމަށް ބިރުގަތުމަކީވެސް މިއަދު ސްކޫލަށް ނުދާ ކުދިންގެ އަދަދު ނައިޖީރިއާގައި ގިނަވަމުންދާ ސަބަބެއްކަމަށްވެސް ޔުނިސެފްގެ މި ރިޕޯޓުގައިބުނެފައިވެއެވެ. މިފަދަ އެތަށް ސަބަބުތަކާއިހެދިހުރެ އެފްރިކާބައްރުގެ އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ ނައިޖީރިއާއިން 10.5 މިލިއަން ކުދީން ސްކޫލަށް ނުގޮސް ތިބޭއިރު، ނައިޖީރިއާއަކީ ޕަކިސްތާނަށްފަހު މިއަދަދު އެންމެ ގިނަ ގައުމުކަން ޔިނިސެފްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©