.
06 December 2018
މަޤްބޫލު ޙަބަރު

އިންޑިއާގެ ކަރްނަޓަކާ އަވަށުގައި ހުރި ފެންގަނޑަކުން އެޗުއައިވީ ޖެހިފައިވާ އަންހެނެއް މަރުވެފައި އޮއްވާ ފެނުމާ ގުޅިގެން އެ ފެންގަނޑުން ފެން ހުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ފެންގަނޑަކީ އެ އަވަށުގައި ދިރިއުޅޭ ހާހެއްހާ ދަނޑުވެރިން ބުއިމަށް ބޭނުން ކުރާ ފެން ނަގާ 13 ހެކްޓަރުގެ ބޮޑު މިނުގެ ފެންގަނޑެކެވެ.

އެ އަވަށުގެ އޮފިޝަލަކާ ހަވާލާދީ ހަބަރުތައް ބުނާގޮތުން ނަމަ، އެ ފެންގަނޑަށް އެޗުއައިވީގެ އެއްވެސް އަސަރެއް ކޮށްފައިވޭތޯ ބެލުމަށް ޓެސްޓުތަކެއް ހެދުމަށް ނިންމި ނަމަވެސް އެ އަވަށުގެ ރައްޔިތުން ބޭނުންވީ އެއްވެސް ޓެސްޓެއް ހެދުމަކާ ނުލައި އެ ފެންގަނޑު އެއްކޮށް ހިންދާލުމަށެވެ.

އެޗުއައިވީ އާއްމުކޮށް ފެތުރެނީ ޖިންސީ ގުޅުމުގެ ސަބަބުން ނުވަތަ އެ ބަލި ޖެހިފައިވާ މީހެއްގެ ލޭ އަނެއް މީހެއްގެ ހަށިގަނޑަށް އެތެރެވުމުންނެވެ. ނުވަތަ އެ ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އުފަންވާ ދަރިންނަށްވެސް އެ ބަލި ޖެހެ އެވެ. އަދި އެ ވައިރަސް އަކީ ބަލި ޖެހިފައިވާ މީހާ މަރުވުމަށްފަހު އެ މީހާގެ ހަށިގަނޑުގައިވެސް ސަވައިވް ނުކުރެވޭ ވައިރަހެއްކަމަށް ވެއެވެ.

haftha.mv ©