މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

އުސް އިމާރާތެއްގެ މަތިން މީހަކު ވެއްޓި ސަލާމަތް ވުމަކީ ނާދިރު ކަމެކެވެ. ހާއްސަކޮށް ހަތަރު ވަނަ ފުލޯ އިން ވެއްޓޭ މީހަކު ސަލާމަތްވާނެ ކަމަކަށް އެއްވެސް މީހަކު ހިތަކަށް ނާރާނެ އެވެ. ސަލާމަތްވިޔަސް އެތަކެއް އަނިޔާއެއް އޭނާއަށް ލިބޭނެކަން ޔަގީނެވެ.

އެހެންނަމަވެސް އިންޑިއާގެ މުމްބާއީގައި ހުންނަ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު އަޖައިބު ކުރުވަނި ގޮތަކަށް މިވަނީ ސަލާމަތްވެފައެވެ.

އިންޑިއާގެ ގޯވަންޑީގެ އިރުމަތީ ހިސާބުގައި ހުންނަ އިމާރާތެއްގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިނގި ހާދިސާގައި ވެއްޓުނީ އުމުރުން އެންމެ 14 މަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ.

ކުއްޖާ ދިރިއުޅޭ އެޕާޓުމަންޓުގެ ކުޑަ ދޮރު ރަނގަޅަށް ނުލެއްޕި ހުރުމުން ކުޅެން އުޅުމުގެ ތެރޭގައި ކުޑަ ދޮރުން ވެއްޓުނު އެ ކުއްޖާ ސަލާމަތްވީ އިމާރާތުގެ ބޭރުގައި އިންދާފައިހުރި ގަހެއްގެ އޮފިގަނޑެއްގެ މައްޗަށް ވެއްޓުމުންނެވެ.

އެގޮތުން ކުއްޖާ ސަލާމަތްވީ އެ އޮފިގަނޑު ގާތްގަނޑަކަށް ބިމާ ހަމައަށް ތިރި ވުމުގެ ސަބަބުން ކަމަށްވެއެވެ. ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ނުލިބުނު ނަމަވެސް ތުންފަތާއި ފައި އަދި ފުރަމެއަށް ގެއްލުންތަކެއް ލިބިފައިވަ ކަމަށް ހަބަރުތައް ބުނެއެވެ.

މުމްބާއީގައި ހުންނަ ފޯޓިސް ހޮސްޕިޓަލުގައި އެ ކުއްޖާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.

haftha.mv 2004 ©