.
20 މާރޗް 2019
މަޤްބޫލު ޙަބަރު

ޑެންމާކުގެ ކޯޕަންހޭގަން ކައިރީގައި ނުވަ ރަށެއް ތަރައްގީ ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، އެ ނުވަ ރަށް ހެދުމަށް ނިންމާފައިވަނީ ކޯޕަންހޭގަންގެ ދެކުނު ފަރާތުގަ އެވެ. އަދި އޭގެ ސަބަބުން ކޯޕަން ހޭގަން އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރެވިގެން ދާނެ ކަމަށްވެސް އެގައުމުގެ ސަރުކާރާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ހަމައެއާއެކު، 380 ކުންފުންޏަކަށް އެ ސަރަހައްދުގައި މަސައްކަތް ކުރުމުގެ މަގު ހުޅުވާލެވޭނެ ކަމަށާއި އަދި 12،000 ވަޒީފާ ވެސް އުފެދިގެންދާނެ ކަމަށްވެސް އެ ގައުމުގެ ސަރުކާރާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާގޮތުން ނަމަ، އެ ރަށްތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު އެވެ. އަދި އެ ޕްރޮޖެކްޓުގެ ދަށުން ތިން މިލިއަން ސްކުޔާ މީޓަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

haftha.mv 2004 ©