މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

މާތް ވެގެންވާ މައްކާގައި ހުންނަ ކައުބަލުﷲ ގެފުޅު (މަސްޖިދުލް އަލް ޙަރަމް) އާއި ގެފުޅުގެ ވަށައިގެންވާ ސަރަޙައްދަށް ގިނަ އަދަދެއްގެ ބޮޑެތި ކަޅު ގޮއްފުޅަނގިތަކެއް ފެތުރިއްޖެއެވެ.

ބައެއް މީހުން ބުނާގޮތުގައި، ގެފުޅާއި ގެފުޅު ހިމެނޭ ސަރަހައްދަށް ސޫފިތަކެއް ވެރިވެގަތުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި ބައެއް މީހުން ބުނާގޮތުގައި މިއީ ތާރީހުގައި ވެސް އެފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ.

ނަމަވެސް އެއީ ކޮންކަހަލަ ސޫތްޕެއް ކަމެއް އެއްވެސް މީޑިއާއަކުން ސީދާ ބުނެފައެއް ނެތެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ އުދުހޭ ކުރަފިތަކެކެވެ. އަނެއް ބަޔަކު އެއީ މަސްކާށިދޫންޏާ ވައްތަރު ގޮތަކަށް ހުންނަ އެއަށްވުރެ ބޮޑެތި ސޫތްޕެއް ކަމަށްވާ ގޮއްފުޅަނގި ކަމަށް ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު ޔޫޓިއުބަށް ލާފައިވާ ވީޑިއޯއެއްގައި ގެފުޅު ހިމެނޭ ސަރަހައްދުގައި އެ ސޫފިތައް އުދުހޭތަން ފެންނައިރު، ފާޜުތަކުގައި ވެސް ގިނަ އަދަދަކަށް އެ އެއްޗެހި ޖައްސައިގެން ތިބޭތަން ފެނެއެވެ. އަދި އެވަގުތު އެތަނަށް ފޮގު ކުރަމުންދާތީ ގިނަ އަދަދެއްގެ ގޮއްފުޅަނގިތައް މަރުވެ ނުވަތަ ބަލިވެގެން ބިންމައްޗަށް ވެއްޓިފައި ހުންނަތަން ފެނެއެވެ.

އެ ވީޑިއޯއާ ހަވާލާދީ މައްކާގެ ސެކްރިޓޭރިއެޓްގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ސޫފިތަކަކީ ބުލެކް ގްރާސްހޮޕާސް (ކަޅު މަސްކާށިދޫނި) ނުވަތަ ރޭގަނޑަށް އަންނަ ހިޖުރަކުރާ ސޫފިތަކެއް ކަމަށެވެ.

އަދި އެ އެއްޗެހި އާލާވާ ތަންތަން ބަލައި އެންވަޔަރަމެންޓް ސެނިޓޭޓަން ޓީމުތަކުން އެ ސޫފިތައް ނައްތާލުމަސް ސްޕްރޭ ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ގެފުޅު ހިމެނޭ ސަރަހައްދުގައި ހުންނަ ފެން ވަޑާންތަކާއި ފާހާނަތަކުން ވެސް އެ އެއްޗެހި ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ގެފުޅާއި އެ ސަރަހައްދަށް ފެތުރިގެން އުޅޭ އެ ސޫފިތައް ނައްތާލުމަށް 138 މީހުންގެ މައްޗަށް ހިމެނޭ 22 ޓީމާއި 111 ކޮމްބެޓް ޔުނިޓް ވަނީ މަސައްކަތް ކޮށްފައެވެ.

haftha.mv 2004 ©