މުޙައްމަދު އީމާން
07 February 2019
މަޤްބޫލު ޙަބަރު

ދެމަފިރިއަކު ވަރި ފަށަށް އަރައިގެން ވަރިކުރާ ތަފާތު ސަބަބުތަކެއް ހުރެއެވެ. ނަމަވެސް އާންމުކޮށް މީހުން، ވަރިކުރާ ސަބަބުތައް ބާއްވަމާތޯއެވެ. އެއަށްވުރެ ތަފާތު ހާދިސާތަކަކަށް ޖެހިލާނަމެވެ.

ދުނިޔޭގައި ބައެއް ހިސާބުތަކުގައި ގުގުރިދެމުން ނުހުއްޓިގެން ވަރިކޮށްފައި އެބަހުއްޓެވެ. ފިރިމީހާ މާގިނައިން ކުޅެންދާތީ ނޫނިއްޔާ ގޭމް ކުޅޭތީ ނުވަތަ އަންހެން މީހާގެ ބޮލުގައި ޖަހާލާ ޓިސްދައްޗެއްގެ ސަބަބުން ވެސް ވަރިކޮށްފައި އެބަހުއްޓެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ ވަރީގެ ރެކޯޑް އޮތް ރާއްޖޭގައި ހިނގި ހާދިސާއެއްގެ ވާހަކައެއް ނޫނެވެ. ކުވޭތުގައި ކުރި ކައިވެންޏަކަށް ތިން މިނެޓް ނުވަނީސް ފިރިމީހާ ކައިރިން އަންހެނަކު ވަރިވި ހަބަރަށެވެ.

ކުވޭތުގެ ކިއުއެއިޓް ނަމަކަށް ކިޔާ ނޫހެއްގައި ބުނާގޮތުން، އެ ހާދިސާ ހިނގީ ޣާޒީގެ ކުރިމަތީގައި ކައިވެނިކޮށް ކައިވެނީގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެމަފިރިން އެކުގައި ހިނގާފައި ދަނިކޮށް އަންހެން މީހާގެ ފައިއޮޅި ބިންމައްޗަށް ވެއްޓުމުންނެވެ.

އަދި އަންހެން މީހާ ވެއްޓުމުން އޭނާ ނެގުމުގެ ބަދަލުގައި ފިރިހެން މީހާ އޭނާއާ ދިމާލަށް މޮޔައެކޭ ބުނިކަމަށް ހަބަރުތައް ބުނެއެވެ.

އެކަމާ ގުޅިގެން އަންހެންއައި ރުޅިން ބިންމަތިން ތެދުވެ، އެމީހުންގެ ކައިވެނިކުރި ކޯޓުގައި، ކައިވެނިކޮށްދިން ޣާޒީގެ ކައިރިން އެހިނދުން އެހިނދަށް ވަރިވާން އެދުނީ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

haftha.mv ©