މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

ލަންކާގެ ކޮއްލުޕިޓިޔާގައި ގޮވުމެއް ގޮވާ ހަތަރު މީހަކަށް އަނިޔާވެ 11 ފިހާރައަކަށް ގެއްލުންވެއްޖެ

ކޮލަމްބޯ: ލަންކާގެ ކޮއްލުޕިޓިޔާގައި އެއްޗެއް ގޮވާ ހަތަރު މީހަކަށް އަނިޔާވެ، 11 ފިހާރައަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުގައި ބުނެފައިވަނީ، ގޮވުމެއް ގޮވާފައިވަނީ ކޮއްލުޕިޓިޔާ ޖަންކުޝަން ކައިރީގައި ހުރި ފިހާރައެއްގައި ކަމަށެވެ. ހާދިސާގައި ޗައިނާގެ ދެމަފިރިއަކަށާއި ދެ ފިހާރައެއްގެ ވެރިއަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި ހުރި 11 ފިހާރައަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގޮވުން ގޮވީ ކިހިނެތް ވެގެން ކަމެއް އަދި ނޭނގެއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ކޮއްލުޕިޓިޔާ ފުލުހުންނާއި އެސްޓީއެފް ބޮބް ޑިސްޕޯސަލް ސްކޮޑް އޮފިސަރުން އަދި ސީންސް އޮފް ކްރައިމް އޮފީސަރާސް (ސޯކޯ) އިން ހަރަކާތްތެރިވެ ދަނީ ތަހުގީގު ކުރަމުންނެވެ.

ލަންކާގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެގެން އުޅޭއިރު ކޮއްލުޕިޓިޔާ އަކީ ވެސް ކޮންމެވެސް ވަރަކަށް ދިވެހިން އުޅޭ ސަރަހައްދެކެވެ.

haftha.mv 2004 ©