.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ވެނެޒުއެލާގެ ބޮޑު ސަރަހައްދަކުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ކެނޑި ގިނަދުވަސްތަކެއްވުމުން ރައްޔިތުން ހާލުގައި ޖެހިއްޖެއެވެ.

ވެނެޒުއެލާއިން ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކެނޑިފައިވާތާ ހަފްތާއެއްވެފައިވާއިރު  ޚަބަރުތަށް ބުނާގޮތުން ގިނަރައްޔިތުން ހާލިގައިޖެހިފައިވަނީ ސާފު ބޯފެނާއި ކާނާއި ހޯދުމަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކުގެ ސަބަބުންނެވެ.

ވެރިރަށް ކަރާކަސްގެ ރައްޔިތުން ބޯފެން ހޯދަން މިހާރު ޖެހެނީ ރަށްބޭރު ސަރަހައްދުތަކުގައިވާ ފެންގަނޑުތަކުންނެވެ. ސަބަބަކީ ފުޅީގައި ބަންދުކޮށްފައިވާ ފެނުގެ އަގު އިންތިހާއަށް އުފުލިގެން ގޮސްފައިވާއިރު ގިނަފިހާރަތަށް ވަނީ ކަރަންޓްނެތުމުގެ ސަބަބުން ބަންދުކޮށްފައެވެ. މީގެ އިތުރުން ކާނާއާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނުވެސް ވަނީ ސަޕްލައިނުކުރެވުމުގެ ސަބަބުން މުޅިން ހުސްވެފަ އެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށެވެ. ގިނަ އަދަދެއްގެ ހޮސްޕިޓަލްތަކުގައި ކަރަންޓު ނެތް އިރު، ކަރަންޓު ބޭނުންކުރަން ޖެހޭ އާލާތްތަކުގެ ޚިދުމަތްވަނީ ހުއްޓުމަށް އައިސްފަ އެވެ. މަގުތަކަށްވަނީ ކަނުއަދިރިކަމުގެ ތެރޭގައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©