Mon, 25 May, 2020, 9:47 pm
މި ފްލައިޓުގެ ޕައިލެޓުންނަކީ ދެމައިން! ފަސިންޖަރުންނަށް ބޮޑު ހައިރާންކަމެއް!
103

މަޔަކާއި އޭނާގެ އަންހެން ދަރިފުޅާ އޮންނަ ގުޅުން ހާއްސަވެއެވެ. ނަމަވެސް މި ގުޅުން އޮތީ އެހެން ފްލައިޓެއްގައެވެ.

ލޮސް އެންޖެލެސް އިން ފުރައިގެން އެޓްލާންޓާއަށް ދަތުރުކުރި ޑެލްޓާ ބޮއިންގް 757 ގެ ފަސިންޖަރުންނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އެއީ އެމީހުން ދަތުރުކުރި ފްލައިޓުގެ ކެޕްޓަނާއި ފަސް އޮފިސަރަކީ ދެމައިންކަން އެނގުމުންނެވެ.

އެ ފްލައިޓުގެ ކެޕްޓަނަކަށް އިނީ ކެޕްޓަން ވެންޑީ ރެޒޮންއެވެ. އަދި ފަސްޓް އޮފިސަރަކަށް އިނީ ކެލީ ރެޒޮންއެވެ.

އެކަން އާންމުންގެ ސަމާލުކަމަށް އައީ އެ ފްލައިޓުން ދަތުރުކުރި މީހަކު ކޮކްޕިޓް ތެރޭގައި ދެމައިންގެ ފޮޓޯއެއް ޓުވިޓާގައި އާންމުކުރި ހިސާބުންނެވެ. އެ ޓުވީޓަށް މިހާތަނަށް 16000 ރިޓުުވީޓް ވަނީ ލިބިފައެވެ.

ފޮޓޯ އާންމުކުރި ފްލޮރިޑާ ޔުނިވާސިޓީއެއްގެ ޗާންސެލަރެއް ކަމަށްވާ ޑރ. ޖޯން އާރު ވަޓްރެޓް ބުނީ، އޭނާ ދަތުރުކުރި ފްލައިޓު ދުއްވަން ތިބީ ދެމައިންކަން އޭނާ އެނގުނީ އެ ފްލައިޓަށް ބޯޑްކުރި އަންހެނަކު އޭނާގެ ދެ ކުދިންނަށް ޕައިލެޓުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިދާނެތޯ ފްލައިޓް އެޓެންޑެންޓެއް ގާތު އެހުމުން ލިބުނު ފުރުސަތެއްގައެވެ.

ނަމަވެސް ޕައިލެޓުންނަށް ތިބި ދެމައިންގެ ވާހަކައިން އެ އާއިލާގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. މުޅި އާއިލާގައި ވެސް އުޅެނީ ޕައިލެޓުންނެވެ.

އެގޮތުން ކެޕްޓަނަކަށް އިން ވެންޑީގެ ބައްޕައަކީ ރިޓަޔާޑް ޕައިލެކެވެ. ފިރިމީހާއަކީ އެމެރިކަން އެއާލައިންސްގެ ޕްލައިޓެކެވެ. އަދި ދެވަނަ އަށް ހުރި އަންހެން ދަރިފުޅު ކޭޓް އަކީ ވެސް ޕައިލެޓެކެވެ.

Leave a comment

Your email address will not be published.