މުޙައްމަދު އީމާން
25 March 2019
މަޤްބޫލު ޙަބަރު

އިސްރާއީލުގެ ޔަހޫދީ ދެ ސިފައިންގެ މީހަކު މަރާލުމުން ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތެއްގެ ހަނދާނުގައި އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ ޤުރުއާން ކިޔަވައިފިއެވެ.

އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގައި ޤުރުއާން ކިޔަވާފައިވަނީ ފަލަސްތީނުގެ އުމުރުން 18 އަހަރުގެ އޮމަރު އަބޫ ލައިލާގެ ހަނދާނުގައެވެ.

އޭނާއަކީ މިމަހުގެ 17 ވަނަ ދުވަހު ހުޅަނގު އައްސޭރީގެ އުތުރުގައި އުމުރުން 19 އަހަރުގެ އިސްރާއީލު ސިފައިންގެ މީހެއްގެ ގަޔަށް ވަޅިން ހަމަލާދީ އޭނާ މަރާލި މީހާއެވެ.

އަދި މަރާލި ސިފައިންގެ މީހާގެ އަތުގައި އޮތް ބަޑި ނަގާ، ފަލަސްތީނުގެ ޒުވާނާ ވަނީ 47 އަހަރުގެ އިތުރު ސިފައިންގެ މީހެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފައެވެ.

އޮމަރު އަލް ލައިލާ ޝަހީދުކޮށްލީ އެ މައްސަލާގައި އިސްރާއީލުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އޭގެ ދެ ދުވަސް ފަހުންނެވެ.

އަބޫ ލައިލާގެ ހަނދާނުގައި އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ޤުރުއާން ކިޔަވަން ފެށީ އޭނާ ދެއްކި ހިތްވަރަށް ސެލިއުޓްކުރި މެންބަރު ހަލީލް އަތިޔޭއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ތެދުވެ އަބޫ ލައިލާއަށް ސެލިއުޓް ކުރުމަށްފަހު އަތިޔޭ ވަނީ ޤުރުއާނުގެ އާޔަތްތަކެއް ކިޔަވަން ފަށައިފައެވެ. އަދި އެއާއެކު އެހެން މެންބަރުން ވެސް އޭނާއެކު ބައިވެރިވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©