މުޙައްމަދު އީމާން
27 March 2019
މަޤްބޫލު ޙަބަރު

ކުޑަކުދިންތަކެއްގެ ބަރަހަނާ ވީޑިއޯތަކެއް ޕްރޮޑިއުސް ކުރި މީހަކަށް 260 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އެމެރިކާގެ ނިއު އިންގުލޭންޑުގެ ސްޓޭޓެއް ކަމަށްވާ ރޯޑް އައިލެންޑަށް އުފަން ތޯމަސް ގުޑްމަން ނަމަކަށް ކިޔާ 45 އަހަރުގެ އެ މީހާއަށް ހުކުމް އިއްވަމުން އެމެރިކާ ޑިސްޓްރިކްޓް ކޯޝުގެ ފަނޑިޔާރު ވިދާޅުވީ، އޭނާގެ ހުރި ވިސްނުމުގެ ނުބައި ނުލަފާ ކަމަކީ، މީހެއްގެ ވިސްނުމާ ހިޔާލާ ވެސް ނުގެނެވޭހާ ނުބައި ކަމެއް ކަމަށެވެ.

އަދި ގުޑްމަންއަކީ ކުޑަ ދެ އަންހެން ކުއްޖަކަށް އެ ކުދިންގެ އުމުރުން ހަ އަހަރުން ފެށިގެން ހަ އަހަރު ވަންދެން ޖިންސީ އަނިޔާ ކުރި މީހެއް ކަމަށެވެ.

އެގޮތުން އޭނާގެ މައްޗަށް ފަނޑިޔާރު ވަނީ 30 އަހަރުގެ އަށް ޖަލު ހުކުމާއި 20 އަހަރުގެ އެއް ޖަލު ހުކުމް އިއްވައިފައެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ހުކުމް ފަނޑިޔާރު އިއްވުމުން ގުޑްމަން ވަނީ އޭނާ ކޮޅަށް ހުރި މޭޒުގެ މައްޗަށް ހޭނެތިގެން ވެއްޓިފައެވެ.

ރޯޑް އައިލެންޑުގެ ސްޓޭޓް ޕޮލިސްގެ ކުޑަކުދިންނާ ހާއްސަ ޓާސްކު ފޯހުން ގުޑްމަން ހައްޔަރުކުރީ، 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެއީ އޭނާގެ ފޯނު މުވައްޒަފަކު ވަގަށް ނައިގެން ގެންގޮސް އެކަންތައް ހުށަހެޅުމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©