Sun, 31 May, 2020, 11:26 am
ޤުރުއާން ހިތުދަސްކުރި ހަ އަހަރުގެ ކުއްޖަކަށް ގިނަ ބައެއްްގެ ލޯބި!
480

ހަގު އުމުރެއްގައި ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެކެވެ. އުދަނގޫ ބުރަ ކަމެކެވެ. ނަމަވެސް އެއީ ކޮންމެ މަޔަކާއި ބަފައެއް ވެސް ހުވަފެނެކެވެ. މިއަދު ދުބާއީއަށް އުފަން އުމުރުން ހަ އަހަރުގެ މޭސަމް ޔަހުޔާ އަކީ އެ ފަހުރު ހޯދި ކުއްޖެކެވެ.

ދުބާއީގެ ނޫހެއް ކަމަށްވާ ގަލްފު ޓުޑޭއަށް މައުލޫމާތު ދެމުން މޭސަމްގެ މަންމަ ބުނީ، މޭސަމްގެ އެ ހުނަރު ފާހަގަވާން ފެށީ އުމުރުން އެންމެ ތިން އަހަރުގައި ކަމަށެވެ. އެއީ ރޭޑިއޯ ފަދަ ތަކެތިން އިވޭ އަރަބި ބަސްތަށް ނަކަލުކުރަން ފެށުމުންނެވެ.

އަދި އެއަށްފަހު ކުދި ސޫރަތްތައް ދަސްކޮށްދިނުމަށްފަހު މިސްކިތުގައި ބޭއްވި ތަޖްވީދުގެ ހަމަތަކަށް ގުރުވާން ކިޔަވައިދޭ ޝެޝަންތަކަށް މޭސަމް ގެންދަން ފެށިއެވެ.

މޭސަމްގެ މަންމަ ބުނީ، އެ ޝެޝަންތަކުގައި ޤުރުއާންގެ ދެ ފޮތް ހިތުދަސްކުރުމަށްފަހު ސެއިޙް ޒައިދުގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތެއްގައި މޭސަމް ބައިވެރިވެ، މުބާރާތުން ހަތް ވަނަ ވަނީ ކާމިޔާބުކުރި ކަމަށެވެ. އެ މުބާރާތުގަ ބައިވެރިވި އެންމެ ހަގު ބައިވެރިއަކީ ވެސް މޭސަމްއެވެ.

އެއަށްފަހުން ގައުމީ ފެންވަރުގެ މުބާރާތްތަކުގަ ވެސް ބައިވެރިވެ ފަހުރުވެރި ވަނަތަށް މޭސަމް ވަނީ ހާސިލްކޮށްފައެވެ. އަދި އެންމެ ހަގު އުމުރުގައި ގުރުއާން ހިތުދަސްކުރި ކުއްޖާގެ ގައުމީ އެވޯޑުގެ އިތުރުން އެމިރެޓްސް ސާހް ޖަހާންގެ ކީރިތި ޤުރުއާން ރޭޑިއޮލުން ދެއްވާ އިނާމު ވެސް ހަ އަހަރުގެ މޭސަމް ވަނީ ހޯދައިފައެވެ.

ހިޔާލު ފައުޅުކުރައްވާ

Leave a comment

Your email address will not be published.