މުޙައްމަދު އީމާން
08 April 2019
މަޤްބޫލު ޙަބަރު

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ކާރު ވިކިއްޖެއެވެ. ފްރާންސްގެ ކާރު އުފައްދާ ކުންފުންޏެއް ކަމުގައިވާ ބުގާޓީ އިން އުފެއްދި “ލަ ވޮޗޫ ނުއާ” ނުވަތަ “ކަޅު ކާރު”ގެ ނަން ދީފައިވާ މި ކާރަކީ ބުގާޓީއަށް 110 ވަނަ އަހަރީ ދުވަހާ ދިމާކޮށް އުފެއްދި ކާރެކެވެ.

ރިޕޯޓްތައް ބުނާގޮތުން، މިދިޔަ މާޗް މަހު ބޭއްވި ސްވިޒަލެންޑުގައި ބޭއްވި ޖެނީވާ އިންޓަނޭޝަނަލް މޮޓޯ ޝޯވ ގައި އެ ކާރު ވިއްކާލާފައިވަނީ ޓެކްސްއާއެކު 18.9 މިލިއަން އެމެރިކާ ޑޮލަރަށެވެ.

އޭރޯޑައިނަމިކް ސްޕޯޓްސް އެ ކާރަކީ ދުނިޔޭގައި އޮތް ހަމައެކަނި އޭގެ ކާރެވެ. ހަ ޓެއިލްޕައިޕްސް އާއެކު ކުއަޑް-ޓާބޯޗާޑް 16 ސިލިންޑަރާއި 1500 ހޯސްޕަވަރުގެ 8 ލީޓަރުގެ އިންޖީނެއް ހިމެނޭ އެ ކާރުގެ އެންމެ ބާރު ސްޕީޑެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ ކާރު ފަރުމާކޮށްފައިވަނީ އެންމެ މަތީ ސްޕީޑަކަށް ގަޑިއިރަކު 261 މޭލު ބާރު މިނުގައި ދުއްވޭ ބުގާޓީގެ ޗިރޮން ސުޕަކާރާ ދާދި އެއްގޮތަކަށެވެ. އޮމާން އަދި އެހެން ކާރުތަކުގެ ބައްޓަމާ ތަފާތުކޮށް ފަރުމާކޮށްފައިވާ އެ ކާރަކީ ޖެޓް-ބުލެކް ކާބޮން ފައިބާއިން ހަދާފައިވާ ކާރެކެވެ.

އެ ކާރު ގަނެފައިވަނީ ކާކުކަން އެއްވެސް ފަރާތަކުން ހާމަނުކުރި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން އެ ކާރު ގަތީ ޖަރުމަނުގެ ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ވޯކްސްވާގެން ގުރޫޕުގެ ކުރީގެ ޗެއާމަން ފާރޑިނެންޑް ޕީކެވެ. އޭނާ ވޯކްސްވާގެން އިން އިސްތިއުފާދިނީ 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©