މުޙައްމަދު އީމާން
08 April 2019
މަޤްބޫލު ޙަބަރު

ގަވާއިދާ ހިލާފަށް ނުވަތަ ކުށަކަށް އަރައިގަންނަ މީހެއްގެ ނިމުން ގިނަ ފަހަރު އަންނާނީ ހިތިކޮށެވެ. ގިނަ ފަހަރު އެފަދަ މީހުން މަރުވާނީ ވެސް އެ ކުށެއް ކުރަން އުޅުމުގެ ތެރޭގައެވެ.

ސައުތު އެފްރިކާގައި ހިނގި ހާދިސާއެއްގައި ވެސް ކަންވީ އެހެންނެވެ. ގަވައިދާ ހިލާފަށް ރައިނޯއެއް ޝިކާރަކުރަން އުޅުނު މީހެއްގެ ނިމުން އައީ ހިތިކޮށެވެ.

ސައުތް އެފްރިކާގެ ކުރޫގާ ނޭޝަނަލް ޕާކްއަށް ވަތް އެމީހާ މަރުވީ އެތަނުގައި އުޅުނު އެތެއްގެ ދަށުވެއެވެ. އަދި އޭނާ ކާލީ ސިންގާތަކެކެވެ.

އޭނާއާއެކު ޝިކާރަކުރަން އުޅުނު އިތުރު ބަޔަކު، އެމީހާގެ އާއިލާގާތު އެވާހަކަ ބުނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި މަރުވި މީހާގެ އާއިލާއިން އެކަން ޕާކު ބަލަހައްޓާ މީހުންގެ ސަމާލު ކަމަށް ގެނެއެވެ.

އެގޮތުން އޭނާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް ގެއްލިގެން ރިޕޯޓްކުރިތާ ދެ ދުވަސް ފަހުން ފެނުނީ އިންސާނެއްގެ ނާށިގަނޑަކާއި ފަޓްލޫނެއް އެކަންޏެވެ.

ޕާކުގެ މެނޭޖިން އެކްޒެކެޓިވް ވިދާޅުވި ގޮތުގައި، ކުރޫގާ ނޭޝަނަލް ޕާކަށް ވަނުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށާއި ހާއްސަކޮށް ފައިމަގުގައި ވަނުމަކީ އެދެވޭ ކަމެއް ނޫން ކަމަށެވެ. އެއީ އެތަނުގައި އެތައް ނުރައްކާތެރި ކަމެއް ވުން އެކަށީގެންވާތީ ކަމަށާއި އޭނާ މަރުވުމަކީ ވެސް އޭގެ ހެއްކެއް ކަމަށް ވިދާޅުވެފައިވެއެވެ.

ކުރޫގާ ނޭޝަނަލް ޕާކަކީ، ގަވާއިދާ ހިލާފަށް ވަދެ ޝިކާރަކުރުމުގެ މައްސަލަ ބޮޑުވެފައިވާ ތަނެކެވެ. ހާއްސަކޮށް އެތަނުގައި އުޅޭ ރައިނޯތައް ޝިކާރަކޮށް އޭގެ ދަޅު ބުރިކޮށްގެން އޭޝިއާގެ ގައުމުތަކަށް ވިއްކުމުގައި ގިނަ ބަޔަކު އެތަނަށް ވަދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©