.
10 April 2019
މަޤްބޫލު ޙަބަރު

ސޫދާންގައި ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން ގައުމުގެ އަމަން އަމާންކަން ނުރައްކަލުގެ ތެރެއަށް ވައްޓާލަން ފުރުސަތު ނުދެއްވާނެކަމުގައި ސޫދާނުގެ ސިފައިންގެ ވެރިޔާ ޗީފް އޮފް ސްޓާފް، ޖެނެރަލް ކަމާލް އަބްދުލްމަޢުރޫފް ވިދާޅުވެއްޖެއެވެ.

ސޫދާން ސިފައިންގެ އިސް ކޮމާންޑަރު ޖެނެރަލް ކަމާލް އަބްދުލްމަޢްރޫފް މިހެން ވިދާޅުވީ ސިފައިންގެ ކޮމާންޑްތަކުގެ ވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ސޫދާނުގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރުގެ އިސްތިއުފާއަށް ގޮވާލައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރިޔަށްދާ މުޒާހަރާތަކުގައި ގިނައަދެއްގެ އާންމުންގެންދަނީ ބައިވަރިވަމުންނެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވެރިރަށް ޚުރްތޫމް އާއި އުންމު ދުރްމާން ސިޓީގައި ބަޝީރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފައިވާއިރު، މުޒާހަރާގެ ގިނަ ބައިވެރިން ވަނީ ޚުރްތޫމުގައި ހުންނަ ސޫދާން ސިފައިންގެ މައިމަރުކަޒުގެ ކުރިމަތީގައި އެއްވެ އެތަނުގައި ވަނީ މަރުކަޒުކޮށްފައެވެ. އެ މީހުން ގޮވާލަމުން ގެންދަނީ ރައީސް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ކުރާ މުޒާހަރާތަކަށް ސިފައިން އެއްބާރުލުން ދިނުމަށެވެ.

އަދި އިސްތިއުފާ ދެއްވުމަށް ރައީސް ބަޝީރަށް މަޖުބޫރުކޮށް، ވަގުތީގޮތުން ސޫދާންގެ ވެރިކަމާ ހަވާލުވުމަށްވެސް މުޒާހަރާކުރާ ފަރާތްތަކުންވަނީ ސިފައިންނަށް ގޮވާލާފައެވެ.

ނަމަވެސް ބައެއްޚަބަރުތަށް ބުނާގޮތުން ސުދާންގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރު ހުންނެވީ އިސްތިއުފާދެއްވުމަށްފަހު ސިފައިންނާ ވެރިކަން ހަވާލުކުރައްވާ ގޮތަކަށް ނޫނެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް ފަސް މީހުން ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©