މުޙައްމަދު އީމާން
11 April 2019
މަޤްބޫލު ޙަބަރު

ފްރާންސަށް އުފަން އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ބޯން މެރޯ ހަދިޔާކުރުމަށްފަހު، ކޯމާއަކަށް ދިޔަ ނިއު ޖާޒީ ހައި ސްކޫލުގެ ޕްރިންސިޕަލަކު މަރުވެއްޖެއެވެ.

ޕްރިންސިޕަލުގެ އާއިލާއިން ނިއު ޖާޒީގެ ނޫހެއް ކަމަށްވާ އެންޖޭ.ކޮމް އަށް ބުނީ، ވެސްޓްފިލްޑް ހައި ސްކޫލުގެ ޕްރިންސިޕަލް ޑެރިކް ނެލްސަން ބޯންމެރޯ ދިނުމުގެ އޮޕަރޭޝަން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

އަދި އޮޕަރޭޝަނަށްފަހު އުމުރުން 44 އަހަރުގެ ނެލްސަންއަށް ހަރަކާތްތެރިވެ ނޫޅެވި، ވާހަކަވެސް ނުދެއްކުނު ކަމަށާއި އޭނާ މަރުވީ އެ ހާލުގައި އޮވެ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.

ނެލްސަންގެ ރަހްމަތްތެރިން ބުނާގޮތުގައި، ހިތްތިރި މިޒާޖެއް ހުންނަ ނެލްސަން ބޯން މެރޯ ހަދިޔާކުރި ކުއްޖާ ކުރިއަކުން އޭނާއަކަށް ނޭނގެއެވެ.

ނަމަވެސް އޭނާ ބޯންމެރޯ ހަދިޔާކުރުމަށްފަހު ސްޓޫޑަންޓް ޖާރނަލިސްޓަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، “މީހަކަށް އަހަރު ދުވަސްތަކެއް ވަންދެން އުފަލުގައި އުޅުމަށް، ކުޑަ ވަގުތު ކޮޅަކަށް ކުޑަ ތަދެއް ތަހައްމަލު ކުރަންޖެހުނަސް އެއީ އެންމެ ރަނގަޅު ގޮތް،” ކަމަށެވެ.

އުމުރުން 6 އަހަރުގެ އަންހެން ދަރިއެއް ހުންނަ ނެލްސަން އަކީ އާމީ ރިޒާވްގައި 20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރެއްވި ބޭކަލެކެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ޕްރިންސިޕަލަށް އޭނާ ހުރިއިރު، އޭގެ ކުރިން ހުރީ ވެސްޓްފިލްޑް ޖޫނިއާ ހައި ސްކޫލުގެ ވައިސް ޕްރިންސިޕަލްއެއްގެ މަގާމުގައެވެ.

Leave a Reply

haftha.mv ©