.
18 April 2019
މަޤްބޫލު ޙަބަރު

ޕެރޫގެ ކުރީގެ ރައީސް އެލަން ގާސިޔާ އަމިއްލަ ފުޅަށް ގަޔަށް ބަޑިޖަހައިގެން އަވަހާރަވެއްޖެ އެވެ.

އުމުރުން 69 އަހަރުފުޅުގެ ގާސިއާ އަމިއްލަ ފުޅަށް ހަށިކޮޅަށް ބަޑިޖަހައި އަވަހާރަވެފައިވަނީ އޭނާ ހައްޔަރުކުރަން ކޯޓުއަމުރެއްގެ ދަށުން ޕެރޫގެ ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިޔުމުންނެވެ. ފުލުހުން ގާސިޔާ ހައްޔަރުކުރަން މަސައްކަތް ފަށާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި ރިޝްވަތާއި ގުޅޭ މައްސަލައަކާއި ގުޅިގެންނެވެ. ގާސިއާ ހައްޔަރުކުރުމަށް ކޯޓުއަމުރެއް ނެރުނީ ބުދަދުވަހު އެވެ.

ޕެރޫގެ އިންޓީރިއާ މިނިސްޓަރ ކާލޯސް މޯރަން ވިދާޅުވީ ގާސިއާ ހައްޔަރުކުރަން ފުލުހުން އެގެއަށް ދިޔުމުން ފޯނު ކޯލެއް ކުރައްވަން ކަމަށް ވިދާޅުވެ ގާސިޔާ ކޮޓަރިކޮޅަށް ވެންނެވި ކަމަށެވެ. އަދި ކުޑަ މިނިޓްކޮޅެއްގެތެރޭގައި ބަޑީގެ އަޑު އިވުނު ކަމަށާއި، ފުލުހުން ކޮޓަރީގެ ދޮރުހުޅުވި އިރު ގާސިއާގެ ބޮލަށް ވަޒަން އަރާފައިވާ ކަމަށެވެ.

ގާސިއާ އަކީ 1985 އިން 1990 އަށް އަދި 2006 އިން 2011 އަށް ޕެރޫގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©