މުޙައްމަދު އީމާން
20 April 2019
މަޤްބޫލު ޙަބަރު

ޗައިނާގެ އުމުރުން ދުވަސްވީ މީހެއްގެ ކަރުގައި ނަގާފައި އިން 61 ޕައުންޑުގެ ކެންސަރަށް މަގުފަހިވާ ބޮޑު ޓިއުމަރެއް ނަގައިފިއެވެ.

މުޅި ދިރިއުޅުން ބަދަލުކޮށްލި އެ ސާޖަރީ ހަދާފައިވަނީ އުމުރުން 68 އަހަރުގެ ޓޭންގް ނަމަކަށް ކިޔާ މީހެއްގެ ކަރުން ފެށިގެން ބުރަކަށީގެ މަތީގައި ނަގާފައިވާ ޓިއުމަރު ނެގުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޓޭންގްގެ ގައިގާ އެ ޓިއުމަރު ނެގި ފަހުން މިިހާރު 30 އަށްވުރެ ގިނަ އަހަރު ވެދާނެއެވެ. ނަމަވެސް އެ ޓިއުމަރު ނަގައިދޭން އެއްވެސް ޑޮކްޓަރަކު އެއްބަސްނުވި ކަމަށްވެއެވެ.

އެ އޮޕަރޭޝަން ކުރުމަށް އެންމެ ފަހުން އެއްބަސްވީ ޝަންހާއީގައި ހުންނަ ނިންތް ޕީޕަލްސް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޔަންގް ޖުންއެވެ. އެ ޑޮކްޓަރު އެކަމަށް އެއްބަސްވީ ޓިއުމަރަކާ ގުޅިގެން މިދިޔަ އަހަރު ދިމާވި މެޑިކަލް އެމަޖެންސީއެއް ތަކުރާރު ވިޔަނުދިނުމަށް ކަމަށް ރިޕޯޓްތަ ބުނެއެވެ.

އޭޝިއާވަޔާ ނޫހުގައި ބުނެފައިވާ ގޮތުން، ޓޭންގްގެ ގައިން ނެގި ޓިއުމަރުގެ ދިގުމިނުގައި 33 އިންޗި އަދި ފުޅާމިނުގައި 25 އިންޗި ހުއްޓެވެ. އަދި އެ ޓިއުމަރު ހުރީ ޓޭންގްގެ ފުއްޕާމެޔާއި މައިބަނދަ އަދި މުހިންމު ލޭ ނާރުތަކާ އެކުވެފައި ކަމަށް ބުނެފައިވެއެވެ.

ޓޭންގްގެ އޮޕަރޭޝަން ކުރި ޑރ. ޔަންގް ބުނި ގޮތުގައި، ޓިއުމަރު ނެގުމަށް 33 ގަޑިއިރުގެ މެރަތަން ސާޖަރީއެއް ކުރަން ޖެހުނެވެ. އަދި ޓިއުމަރު އުފެދިފައި ހުރި ގޮތުން، ޓޭންގްގެ ގައިން ގިނަ އަދަދެއްގެ ލޭ ބޭރުވި ނަމަވެސް، ޓިއުމަރު އިތުރަށް ބޮޑުވުން ހުއްޓުވާ ޓިއުމަރު ނެގުނު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ސާޖަރީ ކުރިތާ ފަސް ދުވަސް ފަހުން ޓޭންގްއަށް ރަނގަޅަށް ކާން ފެށުނެވެ. އަދި މިހާރު އަމިއްލަ ހާލައިގެން ހިނގާ ބިނގާވެ އުޅޭކަމަށްވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©