Thu, 28 May, 2020, 10:02 am
ގޮވާތަކެތި ބަރުކޮށްފައިވާ ވޭނަކާއި ލޮރީއެއް އެތެރެވެފައިވާތީ ކޮލަމްބޯގެ ފުލުހުން އެލާޓަށް!
48

ގޮވާތަކެތި ބަރުކޮށްގެން ވޭނަކާއި ލޮރީއެއް ކޮލަމްބޯއަށް އެތެރެވެފައިވާ ކަމުގެ ތުހުމަތުގައި ކޮލަމްބޯ ސިފައިން އެލާޓަށް ގެނެސްފިއެވެ.

ފުލުހުންގެ ތަރުޖަމާން އެސްއެސްޕީ ޕްރިޝަންތަ ޖަޔަކޮޑީއާ ހަވާލާދީ ލަންކާގެ ނިއުސް ފަސްޓް ނޫހުގައި ބުނެފައިވަނީ، ލޮރީއަކާއި ކުޑަ ވޭނެއްގައި ގޮވާތަކެތި އުފުލައިގެން ދަތުރުކުރަމުންދާ ކަމަށް ކޮލަމްބޯގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލްގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ކޮލަމްބޯގެ ހުރިހާ ޕޮލިސް ސްޓޭޝަނެއް އެލާޓަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސޭކަރަ ވެސް ވިދާޅުވީ، ގަވާއިދާ ހިލާފު އަމަލުތައް ހިންގުމަށް ވެހިކަލްތައް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި ކޮލަމްބޯގެ ހުރިހާ ޕޮލިސް ސްޓޭޝަނެއްގައި އެކަމާ ގުޅޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އެގޮތުން ތުހުމަތު ކުރެވޭ ކާރަކާއި ވޭނެއްގެ އިތުރުން ފަސް މޮޓޯ ސައިކަލެއްގެ މައުލޫމާތު ހުރިހާ ޕޮލިސް ސްޓޭޝަނަކަށް މިހާރު ހިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ވެހިކަލްތަކެއްގައި ގޮވާތަކެތި އުފުލާކަމުގެ މައުލޫމާތު ލިބިގެން ކޮލަމްބޯ ސިފައިން އެލާޓަށް ގެނެސްފައިވާއިރު، ލަންކާގެ ފޯޓް ސަރަހައްދުގައި ޕާކު ކޮށްފައި އޮތް ވެހިކަލަކުން އިއްޔެ ވަނީ ބޮމެއް ފެނިފައެވެ. ނަމަވެސް އެ ބޮން ގޮއްވާލުމުގެ ކުރިން ފުލުހުން ވަނީ އޭތި ނައްތާލައިފައެވެ.

Leave a comment

Your email address will not be published.