މުޙައްމަދު އީމާން
24 April 2019
މަޤްބޫލު ޙަބަރު

މައްސަރު ކަންތައް ލަސްވެ ބަނޑުގައި ރިއްސާތީވެ ޑޮކްޓަރަށް ދެއްކި 16 އަހަރުގެ އަންހެން ކުއްޖެއްގެ ބަނޑުން 33 ޕައުންޑް (15 ކިލޯ)ގެ ސިސްޓެއް ނަގައިފިއެވެ.

އެ ޕޭޝަންޓުގެ ނަން މީޑިއާތަކުގައި ހާމަނުކުރި ނަމަވެސް ސައުޓް ވެސްޓް ނިއުސް ސާވިސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މި ހަފްތާގެ ތެރޭގައި އިންޑިއާގެ ޕުންޖާބުގައި ހުންނަ ސަރިން ހޮސްޕިޓަލުގައެވެ.

ކުއްޖާގެ ބައްޕަ ރަވީދަރްޕަލް ސިންގް ބުނެފައިވަނީ، އޮޕަރޭޝަނަށްފަހު އޭނާގެ ދަރިފުޅަށް އާ ދިރިއުޅުމެއް ލިބިފައިވާ ކަމަށެވެ.

ކުއްޖާގެ ބަނޑުގައި ނަގާފައިވާ ސިސްޓް ފެނިފައި ޑޮކްޓަރުން ވެސް ހައިރާން ކުރުވިއިރު، ކާމިޔާބު އެ ސާޖަރީއަށްފަހު މީޑިއާތަކުގައި ވަނީ ކުއްޖާގެ ބަނޑުން ނެގި ސިސްޓް ހިފަހައްޓައިގެން ސާޖިއަންއަކު ހުންނަ ފޮޓޯއެއް ޝާއިއުކޮށްފައެވެ.

އޯވަރިއަން ސިސްޓް ނުވަތަ ރަހިމުގައި ސިސްޓް އުފެދުމަކީ ގިނަ އަންހެނުންގެ އުފެދޭ އެއްޗެކެވެ. ނަމަވެސް އެފަދަ ސިސްޓްތަކުން ގިނަ ފަހަރަށް އުދަނގޫތަކެއް ނުވަތަ ހަށިގަނޑަށް ގެއްލުންތަކެއް ނުލިބި މަދު މަސްތަކެއްގެ ތެރޭގައި ރަނގަޅުވެއެވެ.

ނަމަވެސް ބޮޑެތި އޯވަރިއަން ސިސްޓްގެ ސަބަބުން ބަނޑަށް ތަދުވެ، ބަނޑު ފުރިފައި ނުވަތަ ބަރުވެފައި ހުރުން ނުވަތަ ބައެއް ފަހަރު ދުޅަވެފައި ހުރުން އެކަށީގެންވާ ކަމަށް މާޔޯ ކްލިނިކުން ބުނެއެވެ.

ރާއްޖޭގައި އޯވަރީގައި ސިސްޓުގެ މައްސަލަ ގިނަކަން ޑޮކްޓަރުން ފާހަގަކުރާއިރު، އޭގެ މައިގަނޑު ސަބަބެއް ކަމަށް ޑޮކްޓަރުން ފާހަގަކުރައްވަނީ ހުންނަންވާ ވަރަސްވުރެ ބަރުވުމެވެ. އަދި ޅައުމުރުގައި އޯވަރީގައި ސިސްޓު އުފެދުމުގެ ސަބަބުން ދަރިން ހޯދުމަށް ދިގު އިންތިޒާރެއް ކުރަން ޖެހި އެތައް ހަރުފަތެއް ގިރާކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©