Sun, 31 May, 2020, 12:27 pm
ލަންކާގައި މޫނު ބުރުގާ މަނާ ކުރާ ގާނޫނެއް ޑުރާފްޓް ކުރަން ރަނިލް އެދިވަޑައިގެންފި
5

ސްރީ ލަންކާގައި މޫނު ބުރުގާ އަޅައިގެން ބޭރަށް ނުކުތުން މަނާ ކުރާ ގާނޫނެއް ހެދުމަށް އެގައުމުގެ ޖަސްޓިސް މިނިސްޓްރީގެ އަރިހުން ބޮޑުވަޒީރު ރަނިލް ވިކްރެމެސިންހަ އެދިވަޑައިގެންފިއެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރުގެ އޮފީހާ ހަވާލާދީ ލަންކާގައި ހުންނަ ބީބީސީގެ ރިޕޯޓަރު އައްޒާމް އަމީން ބުނެފައިވަނީ، ސްރީ ލަންކާގައި އުޅޭ އަންހެނުން މޫނު ބުރުގާ އެޅުން މަނާކުރާ ގާނޫނެއް ޑްރާފްޓް ކުރުމަށް ރަނިލް އެދިވަޑައިގެންފައިވާ ކަމަށެވެ.

އަދި އެގޮތަށް ޖަސްޓިން މިނިސްޓްރީގެ އަރިހުން އެދިވަޑައިގަތީ ލަންކާގެ ދީނީ އިލްމުވެރިންގެ މައި ޖަމިއްޔާ، އޯލް ސިލޯން ޖަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ)އާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވެއެވެ.

ލަންކާގައި ބޭރަށް ނުކުމެ އުޅޭއިރު މޫނު ބުރުގާ އެޅުން މަނާ ކުރާ ގާނޫނެއް ޑްރާފްޓް ކުރުމަށް ބޮޑުވަޒީރު ރަނިލް އެދިވަޑައިގެންފައި މިވަނީ، ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާއާ ގުޅިގެންނެވެ.

އަދި އެ ހަމަލާތަކާ ގުޅިގެން ނޭޝަނަލް ލިސްޓްގެ މެންބަރެއް ކަމަށްވާ ޕްރޮފެސަރު އަޝޫ މަރަސިންހަ ވަނީ މޫނު ބުރުގާ އެޅުން މަނާކުރާ ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވަން ނިންމަވައިފައެވެ.

Leave a comment

Your email address will not be published.