Sun, 31 May, 2020, 10:57 am
ފަލަސްތީނުގެ މާބަނޑު އަންހެނަކާއި އޭނާގެ 14 މަހުގެ ދަރިފުޅު ޝަހީދުކޮށްލައިފި
67

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ވައިގެ ބޮމުގެ ހަމަލާތަކެއްދީ ފަލަސްތީނުގެ މާބަނޑު އަންހެނަކާއި އޭނާގެ 14 މަހުގެ ދަރިފުޅު ޝަހީދުކޮށްލައިފިއެވެ.

ސިއްހީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން، މަރުވެފައިވަނީ ސަބާ މަހްމޫދު އަބޫ އަރާރް ނަމަކަށް ކިޔާ އަންހެން ކުއްޖަކާއި ފަލަސްތިން ނަމަކަށް ކިޔާ އޭނާގެ މަންމައެވެ. އެ މީހުން ޝަހީދުވީ އެމީހުން އުޅޭ ގެއަށް ބޮން އެޅުމުން ލިބުނު ޒަހަމްތަކުގައެވެ.

މި ދެމައިންނާއެކު އިސްރާއީލުން މިރޭ ދިން ވައިގެ ހަމަލާތަކުގައި އުމުރުން 22 އަހަރުގެ ޒުވާނަކު ވަނީ ޝަހީދުވެފައެވެ. އަދި 13 މީހަކު ވަނީ ޒަހަމްވެފައެވެ.

މިރޭ ހަމަލާތަކެއްދީ ތިން މީހަކު ޝަހީދު ކޮށްލިއިރު، ދެ ދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި ކުށެއް ނެތް ފަލަސްތީން ރައްޔިތުންގެ އަދަދު ހަތަކަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި ކުޑަ ދިން ކުދިން ވެސް ހިމެނެއެވެ.

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް 69 މީހުންނަށް ވަނީ އަނިޔާވެފައެވެ.

Leave a comment

Your email address will not be published.