މުޙައްމަދު އިބްރާހިމް
06 May 2019
މަޤްބޫލު ޙަބަރު

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އަށާއި އޭނާގެ އަނބިކަނބަލުން މޭގަން މާކްލްއަށް ފިިރިހެން ދަރިކަލަކު ލިބިވަޑައިގެންފިއެވެ. ހެރީގެ ދެކަނބަލުންނަށް ލިބިވަޑައިގެން ފުރަަތަމަ ދަރިކަލުންނެވެ.

ބަކިންގްހަމް ޕެލެސްއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ދެބޭފުޅުންގެ ދަރިކަލަކު އުފަންވެފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން މިއަދު 5:26 ގައެވެ. އަދި އުފަންވިއިރު ދަރިކަލުންގެ ބަރުދަނުގައި 3.3 ކިލޯގުރާމް ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ދަރިކަލަށް ކިޔާނެ ނަމެއް ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ.

“މޭގަން އާއި އަހަންނަށް މިއަދު ހެނދު ވަނީ ފިރިހެން ދަރިކަލަު ލިބިވަޑައިގެންފަ. ވަރަށް ސިއްހަތު ރަނގަޅު ކުއްޖެއް. މަންމަ އަދި ދަރިފުޅުގެ ހާލު ވެސް ވަރަށް ރަނގަޅު. މިއީ އާދަޔާ ހިލާފު ތަޖުރިބާއެއް،” ދަރިކަލަކު ލިބުނުކަން މީޑިއާއަށް އިއުލާން ކުރައްވާ ހެރީ ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ބައްލަވައިގަތް ހެރީ އަށް ދަރިއަކު ލިބިވަޑައިގަންނަވާކަން ޝާހީ އާއިލާ އިން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޕްރިންސް ހެރީގެ ދެކަނބަލުންނަށް މިއަދު ލިބިވަޑައިގެން ދަރިކަލު ވެގެންދާނީ އިނގިރޭސިވިލާތުގެ ތަހުތު ހަތް ވަނައަށް ވާރުތަކުރައްވާނެ ބޭފުޅާއެވެ. އަދި މިއީ އިނގިރޭސި ވިލާތުގައި ރަނިކަން މިހާރު ކުރައްވަމުން ގެންދަވަނީ ކްއީން އެލިޒަބަތަށް ލިބިވަޑައިގެން އަށް ވަނަ މުނި މާމަ ދަރިކަލުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©