މުޙައްމަދު އީމާން
09 May 2019
މަޤްބޫލު ޙަބަރު

ޓްރެވެންޑުރަމް: ކުވޭޓް އެއާޕޯޓުގައި ޓޯ ކުރަން އުޅުނު މަތިންދާބޯޓެއްގެ ފުރޮޅު ދަށުގެ ކެރެލާ މީހަކު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި މަރުވީ ކެރެލާއަށް އުފަން އަނަންދް ރަމަޗަންދުރަން، 36 ނަމަކަށް ކިޔާ ކުވޭޓް އެއާވޭސްގެ ގްރައުންޑް ސްޓާފެކެވެ.

އޭނާގެ އާއިލާއިން ބުނާގޮތުގައި، އަނަންދް މަރުވީ ހުސްކޮށް އޮތް ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ޓޯ ކުރަން އުޅުމުގެ ތެރޭގައެވެ.

އެކަން ކަށަވަރު ކޮށްދެމުން ކުވޭތް އެއާވޭސް އިން ވެސް ބުނީ، ދިމާވި އެކްސިޑެންޓެއްގައި އެއާކުރާފްޓެއް ޓޯ ކުރަން އުޅުނު ޓެކްނިކަލް ސްޓާފެއް މަރުވެފައިވާ ކަމަށެވެ.

އަދި ކަމާބެހޭ އިދާރާތަކުން އެކަމުގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް އެ އެއާވޭސް އިން ބުނެފައިވެއެވެ. ޓޯކުރަން އައި މަތިންދާބޯޓުގައި އެއްވެސް ފަސިންޖަރެއް އަދި ކުރޫއެއް ނެތެވެ.

ރިޕޯޓްތައް ބުނާގޮތުން އަނަންދްއަކީ ކުވޭޓް އެއާވޭސްގައި 2008 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އަދި އޭނާގެ ބައްޕަ އާއި ބޭބެ އަދި އަންހެނުންނާއި ހަތަރު އަހަރުގެ އަންހެން ދަރިފުޅު ހުންނަނީ ކެރެލާގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©