Sun, 23 February, 2020, 4:43 pm
ހުކުރަށް ދިޔަ ކުޑަކުއްޖެއްގެ ގަޔަށް އިސްރާއީލުން ބަޑި ޖަހާ ޝަހީދުކޮށްލައިފި

ހިބްރޮން (ގުދުސް ނިއުސް ނެޓްވޯކް) – މަސްޖިދުލް އަގްސާއަށް މިއަދުގެ ހުކުރު ނަމާދު ކުރަންދިޔަ ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ގަޔަށް އިސްރާއީލުގެ ޔަހޫދީ ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ، އިސްރާއީލުން ދިން އެ ހަމަލާގައި ޝަހީދު ކޮށްލާފައިވަނީ އަބްދުﷲ ގެއިތް ނަމަކަށް ކިޔާ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އޭނާ ޝަހީދުވީ އިސްރާއީލުން ދިން ހަމަލާ އޭނާގެ ހިތަށާއި ފުއްޕާމެޔަށް އަމާޒުވުމުންނެވެ.

ކުޑަ ކުއްޖެއްގެ އިތުރުން މަސްޖިދުލް އަގްސާއަށް ހުކުރަށްދިޔަ އުމުރުން 21 އަހަރުގެ ޒުވާނެއްގެ ގަޔަށްް ވެސް އިސްރާއީލުން ވަނީ ބަޑި ޖަހައި ޒަހަމްކޮށްލައިފައެވެ. އޭނާގެ ބަނޑަށް އެ ހަމަލާ އަމާޒުވިއިރު، އޭނާގެ ސާޖަރީއެއް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ހުކުރު ނަމާދަށް އިއްޔެގެ މެންދަމުން ފަށައިގެން ގިނަ ބަޔަކުއަލް އަގްސާ މިސްކިތަށް ޖަމާވަމުން އަންނައިރު، އެތަނަށް ދިއުމަށް އޮންނަ މަގުތަކުގައި އިސްރާއީލު ސިފައިން ވަނީ އިތުރު ޗެކްޕޮއިންޓަކެއް ޖަހައި ދަތިކުރުމަށް މަސައްކަތް ކޮށްފައެވެ.

އަދި އެހެން ހުކުރު ތަކެކޭ ހިލާފަށް މިއަދު ހުކުރު ނަމާދަށްދިޔަ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ގޮތްތަކެއް އިސްރާއީލުން ހިންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Leave a comment

Your email address will not be published.