Sun, 23 February, 2020, 4:05 pm
މިތިބީ ދުނިޔޭގެ އެންމެ ބިރުވެރި ހަށިފާރަވެރިން!

ރަސްރަސްކަލުންނާއި ބާރުގަދަ ވިޔަފާރިވެރިންނާއި ރައީސުންގެ އިތުރުން މިއަދު މަޝްހޫރު ފަންނާނުންނަކީ އެމީހުންނަށް ދިމާވެދާނެ ނުރައްކަލަށް އަބަދުވެސް ރައްކާތެރިވެގެން ތިބޭ ބައެކެވެ.

ހާއްސަ ގޮތެއްގައި ގައުމުތަކުގެ އެންމެ މަތީ ވެރިޔާ ހިމާޔަތްކުރަން ތިބޭ ހަށިފާރަވެރިންގެ ޓީމަކީ ވަކި ހާއްސަ ތަމްރީންތަކެއް ލިބިގެން ހަތިޔާރާއެކު ތިބޭ ގައުމެއްގެ އެންމެ މަތީ ވާޖިބު އަދާކޮށްގެން ތިބޭ ބައެކެވެ.

އޭގެ ތެރެއިން ވެސް ދުނިޔޭގެ އެންމެ ބިރުވެރި ހަށިފާރަވެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ އެއްބަޔަކީ މަލާވީގެ ރައީސް ދިފާއުކުރަން ތިބޭ ހަށިފާރަވެރިންނެވެ.

އެނަން އެމީހުންނަށް ދެވުނީ މިދިޔަ ހޯމަ ދުވަހު މަލާވީގެ މިހާރުގެ ރައީސް ޕީޓާ މުތަރިކާ އެގައުމުގެ ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި އޭގެން ހަށިފާރަވެރިއެއްގެ ފޮޓޯ އިންޓަނެޓްގައި އާންމުވުމުންނެވެ.

ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ތައްޔާރުވެގެން ހުރި އެ މިލިޓަރީ އޮފިސަރު ލައިގެން ޔުނީފޯމާއި ހިފައިގެން ތިބި ތަކެއްޗަށް ބަލާއިރު ކަށިފަޅާފައި ހުރި ހެލްމެޓާއި ގޭސް މާސްކާއި އެސޯލްޓް ރައިފްއަދި ޝޯލްޑާ ޕެޑްސް ވެސް އަޅައިގެން ތިބެއެވެ.

އޭގެ އިތުރުން ބެޓަލް ކެމަފުލާޖްގައި ހުރި އެ ހަށިފާރަވެރިޔާ އަވިއަނެއް އަޅައިގެން ހުރިއިރު ހެލްމެޓް މަތީގައި އިތުރު އައިނެއް އޮވެއެވެ. އަދި ކަށި ފަޅާފައި ހުރި ހެލްމެޓްގެ ދެ ފަޅީގައި ދެ ޓޯޗު ހަރުކޮށްފައި ހުރެއެވެ.

މަލާވީގެ ރައީސް ކަމަށް އިންތިހާބުވި ޕީޓާ މުތަރިކާ ހުވާ ކުރެއްވުމަށްފަހު ވާހަކަފެއްޓުވުމުގެ ކުރިން އެންމެ ފުރަތަމަ ވެސް ވިދާޅުވީ އަހަރެން މަރު ނުވާ ކަމަށެވެ. އެއީ ވޯޓާ ދިމާކޮށް އޭނާ މަރުވެފައިވާ ކަމަށް ވާހަކަތަކެއް ފެތުރުމުންނެވެ.

Leave a comment

Your email address will not be published.