މުޙައްމަދު އަންވަރު
24 June 2019
މަޤްބޫލު ޙަބަރު

އުތުރު އެފްރިކާގެ އައްސޭރި ފަށުގައި އޮންނަ ސްޕެއިންގެ ފެއޫޓާ ސިޓީގައި ހުރި މިސްކިތަކަށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.
ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ ސްޕެއިންގެ އީއެފްއީ ނިއުސް އެޖެންސީ ބުނާ ގޮތުގައި، މުލޭ އެލް މެހްދީ ނަމަކަށް ކިޔާ މިސްކިތަށް ދެ މީހަކު ވެގެން ބަޑީގެ ހަމަލާތަކެއް ދީފައިވަނީ އެ މިސްކިތުގައި މިއަދުގެ ފަތިސް ނަމާދު ކުރަމުން ދިޔަ ވަގުތު އެވެ.
މޮރޮކޯގެ ބޯޑަރު ކައިރީގައި އޮންނަ އެ ސިޓީގައި ހުރި އެންމެ ބޮޑު މިސްކިތަށް ދިން އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، މިސްކިތަށް ހަމަލާދިނުމަށްފަހު އެކަން ކުރި މީހުން ވަނީ ސައިކަލެއްގައި ފިލައިފަ އެވެ.
ފެއޫޓާގައި އުޅޭ އާބާދީގެ 40 ޕަސެންޓަކީ މުސްލިމުން ނެވެ.

Leave a Reply

Your email address will not be published.

haftha.mv ©