މުޙައްމަދު އިބްރާހިމް
03 July 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ކަމުން، ރާހުލް ގާންދީ އިސްތިއުފާ ދެއްވައިފި އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ދެވަނަ އަށް އެންމެ އިސް ލީޑަރު އަދި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ އިސްތިއުފާ ދެއްވައި އާންމުކުރި އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ، ނިމިދިޔަ އާންމު އިންތިހާބުގައި އޭނާގެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ އޭނާ އުފުލާ ކަމަށެވެ.

އިންޑިއާގެ މައި އިދިކޮޅު ޕާޓީގެ ލީޑަރުކަމުން ރާހުލް އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން ވެސް އޭނާ ވަނީ ހާމަ ކުރައްވައިފަ އެވެ. ނަމަވެސް އޭރު ޕާޓީގެ ލީޑަރުން ވަނީ ރާހުލްގެ އެ ނިންމުން ބަދަލުކުރާނެ ކަމަށް އުއްމީދު ކޮށްފަ އެވެ.

ނެހްރޫ ގާންދީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ރާހުލް ގާންދީގެ ބައްޕާޕުޅު ރަޖީވް ގާންދީ އާއި ކާކާފުޅު ފެރޯޒް ގާންދީ އަދި މުނިކާފާފާފުޅު ޖަވާހަރްލާލް ނެހެރޫ އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން ޖަވާހަރްލާލް ނެހެރޫ އަކީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ.

ރާހުލްގެ އިސްތިއުފާ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ވެރިކަން ހިންގާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާމެދު އޭނާގެ އެއްވެސް ނަފްރަތެއް އަދި ރުޅިވެރިކަމެއް ނެތް ކަމަށާއި ނަމަވެސް އެޕާޓީން އިންޑިއާއާމެދު ގެންގުޅޭ ތަފާތު ކުރުމާއި ނަފްރަތުގެ ވިސްނުމާ އޭނާ ދެކޮޅު ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©