މުޙައްމަދު އިބްރާހިމް
17 July 2019
މަޤްބޫލު ޙަބަރު

ބޮލުގެ ނާށިގަނޑުން ގުޅިފައިވާ ދެބެން ވަކިކުރުމަށް އިނގިރޭސި ވިލާތުގެ ލަންޑަނުގެ ޑޮކްޓަރުންގެ ޓީމަކުން 50 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއްކޮށް، ދެބެން ވަކިކޮށްފި އެވެ.

ޕާކިސްތަނުގެ ޕިޝާވަރަށް އުފަން ޒައިނަބް ބީބީ އަށް ސިޒޭރިއަން ހަދައިގެން ލިބުނު ސަފާ އަދި މަރްވާ އުލާހް އަކީ އުފަންވިއިރު ވެސް ބޮލުގެ ނާށިގަނޑާއި ބޮލުގެ ލޭ ނާރުތަކުން ގުޅިފައިވާ ދެކުދިން ނެވެ. އަދި އެ ދެ ކުދިން ވަކިކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފުރަތަމަ އޮޕަރޭޝަން ވެސް ވަނީ ކޮށްފަ އެވެ. އޭރު އެ ދެކުދިންގެ އުމުރަކީ އެންމެ 19 މަހެވެ.

އޭގެ ފަހުން މިހާރު ދެ އަހަރުގެ ސަފާ އަދި މަރްވާ ވަކިކުރަން ކާމިޔާބު އޮޕަރޭޝަން ކޮށްފައިވަނީ ގްރޭޓް އޯމޮންޑް ސްޓްރީޓް ހޮސްޕިޓަލުގަ އެވެ. މޭޖާރ ތިން އޮޕަރޭޝަނެއް އެކުދިންގެ ކޮށްފައިވާއިރު އޮޕަރޭޝަންގެ ކުރީން ޑޮކްޓަރުންގެ ޓީމުން ވަނީ ގިނަ ތަމްރީންތަކެއް ހަދައިފަ އެވެ.

އެގޮތުން ސާޖަރީ ހަދަމުންދިޔައިރު ޑޮކްޓަރުން ފުރަތަމަ ވަނީ ދެ ކުދިންގެ ގުޅިފައިވާ ލޭ ނާރުތައް ވަކިކޮށް ސިކުނޑި އާއި ލޭ ނާރުތަކާ ވަކިކުރަން ބޮލަށް ޕްލާސްޓިކް އެތިކޮޅެއް ވައްދައިފަ އެވެ. އަދި ފައިނަލް މޭޖަރ އޮޕަރޭޝަންގައި އެ ކުދިންގެ ކަށި ބޭނުންކޮށްގެން އާ ބޮލުގެ ނާށިގަނޑެއް ވަނީ ހަދައިފަ އެވެ.

ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމަށްވާ މުރްތަޒާ ލަޚާނީ ފަންޑުކުރި އެ އޮޕަރޭޝަނަށްފަހު ސަފާ އާއި މަރްވާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ.

ހަތް ކުދިން ލިބިފައި އުމުރުން 34 އަހަރުގެ ޒައިނަބުގެ ފިރިމީހާ ވަނީ ސަފާ އާއި މަރުވާއަށް ބަނޑުބޮޑުވެ އިންދާ ހާޓް އެޓޭކެއް ޖެހިގެން މަރުވެފަ އެވެ. ޒައިނަބާއި އޭނާގެ ބައްޕަ އަދި ބޮޑުބޭބެ މިހާރު އުޅެމުންދަނީ ލަންޑަނުގަ އެވެ.

ދުނިޔޭގައި އެއް ހަށިގަނޑަކުން ގުޅިފައިވާ ކުދިން އުފަންވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެގޮތުން އެފަދަ ކުއްޖެއް އުފަންވުމުގެ ފުރުސަތަކީ ކޮންމެ 2.5 މިލިއަނަކުން އެއް ފަހަރު ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©